ބަނގުރާފުޅިތަކާއެކު ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި ޑައިމޯފިން ބޭނުން ކުރުމުގެ މައްސަލައާކާ ގުޅިގެން އަންހެނަކު ހޯދަނީ ތޮއްޑޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި ސައިކަލުތަކެއްގައި ރޯކޮށްލި މައްސަލައިގައި މީހ

ފުލުހަކު, ބޭއަދަބީކޮން އާންމުންގެ މީހަކާ މުއާމަލާތު ކުރިކަމަށް ބުނާ މައްސަލައެއް ބަލަމުން އަންނަކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައި ވަނީ ލައިސަންސް ނެތި ގަވާއިދާ ހިލާފަށް ދުއްވި ސައިކަލެއް ޓޯކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފުލުހުންގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކަންކަމާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން ސައިކަލް ދުއްވި ފަރާތުގެ އާއިލާއިން ވަނީ ސައިކަލް ދުއްވީ 18 އަހަރުގެ ކުއްޖެއް ކަމަށާއި އޭނާ ސައިކަލް ދުއްވީ ލައިސެންސް ނެތިކަމަށް ވެސް އެއްބަސްވެފައެވެ. ސައިކަލް ދުއްވުމަކީ އޭނާ ކުރި ކުށެއްކަމަށް ގަބޫލް ކުރާކަމަށް ވެސް ވަނީ ބުނެފައެވެ.
ނަމަވެސް 18 އަހަރުގެ ކުއްޖަކާ ފުލުހުން ބޭއަދަބީ ކޮށް ވާހަކަ ދެއްކުމުން އެކަން ބަލައިނުގަނެވޭނެ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އެ މައްސަލައިގައި މުއާމަލާތުކުރުމުގައި ޚިދުމަތް ލިބިގަތް ފަރާތުގެ އާއިލާއިން ކަންބޮޑުވާ ކަންތައްތަކެއް ހުރިކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ