އައްޑޫގައި ކަރަންޓުގެ ޚިދުމަތް ހުއްޓި، ފެނާއި ނަރުދަމާގެ ހާލަތު ގޯހުން ގޯހަށް ގޮސް ރަށުތެރެއަށް ނަޖިސް ބޭރުވާން ފަށައިފި: އައްޑޫ މޭޔަރު

އައްޑޫގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ކަންކަން ގޯހުން ގޯހަށް ގޮސް ރަށުތެރެއަށް ނަޖިސް ބޭރުވާން ފަށައިފި ކަމަށް އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅު ވެއްޖެއެވެ. އައްޑޫގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ހާލަތު ކަންބޮޑުވުން އޮތް މިންވަރަކަށް ނިކަމެތިވެ، މަރާމާތާއި، އަޕްގްރޭޑް ބޭނުންވާ ކަމަށް އައްޑޫ މޭޔަރު އަލީ ނިޒާރު ކޮށްފައިވާ ޓްވީޓް ގައި ވެއެވެ.
މީގެ އިތުރުން ރަށުތެރެއަށް ނަޖިސް ބޭރުވަމުން ދާ ކަމަށާއި، ރަށުގައި އެންމެ 2 ގަޑިއިރަށް ބޭނުން ކުރެވޭ މިންވަރަށްވެސް ފެނުގެ ރިޒާވެއް ނެތް ކަމަށް މޭޔަރު ޓްވީޓް ކޮށްފައިއެވެ.
އަދި ކަރަންޓުގެ ޚިދުމަތްވެސް މިހާރު ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި، މިއީ ރައްޔިތުންނަށް ސަރުކާރަކުން ދޭން ޖެހޭ އަސާސީ ޚިދުމަތް ކަމަށް މޭޔަރު ފާހަގަ ކޮށްފައި ވެއެވެ.
މިކަމަށް އަވަސް ހައްލެއް ނުލިބިއްޖެ ނަމަ، އައްޑޫ ރައްޔިތުން މި ކާރިސާ ހާލަތުގައި ތިބެން ޖެހިދާނެ ކަމުގައި މޭޔަރު ލިޔެފައިވެއެވެ.
ސަރުކާރުގެ އިހްމާލު ބޮޑުވެ، ރާއްޖޭގެ ބޮޑު ގިނަ ސަރަހައްދު ތަކުން، ކަރަންޓުގެ ޚިދުމަތްތަކަށް ދަނީ ބުރު އަރަމުންނެވެ. ރައީސް ސޯލިހްގެ ސަރުކާރުގައި ރަށްރަށަށް މި މައްސަލަ ތަކެއް ދިމާވެފައި ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ