އެއްވެސް ކުޑަކުއްޖެއްގެ މައްސަލައެއް މިހާރު ފުލުހުންގެ ކަސްޓޯޑިއަލްގައި ނުނިމި ނޯންނާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވާ ވަޒީރުންގެ ‘އަހާ؛ ފޯރަމްގައި އިހުސާން ވިދާޅުވީ ޑަކުއްޖަކު ކުށެގެ ވެށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމާއެކު ޖުވެނައިލް ކޯޓު މެދުވެރިކޮށް އެ މައްސަލައިގެ ޝަަރީއަތްތައް އަވަސްކުރާކަމަށެވެ. އަދި އެ މައްސަލަ ވީހާވެސް އަވަހަށް ނިންމުމުގެ މަސައްކަތް ކުރާ ކަމަށް އިހުސާން ވިދާޅުވިއެވެ.
މީގެ އިތުރުން އިހްސާން ވިދާޅުވީ މި ސަރުކާރުން މިހާރު އަމަލުކުރަމުންދާ ގޮތަކީ ކުށަކަށް އަރައިގަނެގެން ނުވަތަ ކުށުގެ ވެށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ ކުޑަކުދިން ކަސްޓޯޑިއަލްގައި ބަހައްޓައިގެން ޝަރީއަތްތައް އަވަސް ކުރުން ކަމަށެވެ. އަދި މިހާރު ކުޑަކުއްޖަކާއި ގުޅޭ އެއްވެސް ކޭސްއެއް ކަސްޓޯޑިއަލްގައި ނޯންނާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
އިތުރަށް އިހްސާން ވިދާޅުވީ ކުށުގެ ވެށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ކުޑަކުދިން ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކޮށް މުޖުތަމައުއަށް ބޭނުންތެރި ބައެއްގެ ގޮތުގައި އެކުދިން ނެރެވޭނެ ގޮތްތައް ސަރުކާރުން ހޯދަމުންދާކަމަށެވެ.
ކްރިމިނަލް ކޯޓުން ހޯމް މިނިސްޓަރާއި ފުލުހުންތަކަކަށް ފިޔަވަޅު އަޅަނީ “ޕޭޕަލް” ފަދަ ހިދުމަތްތައް ވަރަށް އަވަހަށް ރާއްޖެއަށް ލިބެން ފަށާނެ: ހޯމް މިނިސްޓަރު އައްޑޫ ހޮސްޕިޓަލަށް ފޭސް ޝިލްޑް ބޭނުން ނުވާތީ އެ ސާމާން ކުޅުދުށްފުއްޓަށް އެއިމްސް އާއި ހެޕީ މާކެޓުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ