ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި ވ.ރަކީދޫ، ގުލްޒާރުހިޔާ، މޫނިސާ ދާއޫދު ކަރަންޓު ކެނޑުމާ ގުޅިގެން ރައްޔިތުންނަށް ދިމާވަމުންދާ ތަކުލީފުތަކަށް އޮތް ހައްލަކީ ކޮބައިތޯ އަދި އެކަން ކޮށްދެއްވާނީ ކޮން އިރަކުތޯ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ފެނަކައިގެ ބްރާންޗްތަކުގެ ހާލަތު ހުރީ ވަރަށް ދައްކޮށް ކަމަށާއި ހަމައެކަނި ކުންފުނި އެތައް ސަތޭކަ މިލިއަން ރުފިޔާއިން ދަރާފައި އޮތީ އެކެނި ނޫންކަމަށެވެ. ފެނަކައިގެ ޖެން ސެޓް ތަކާއި އެކި އާލާތްތްތައް ހުރީ އެއްވެސް ވަރަކަށް މެއިންޓެނެސްގެ މަސައްކަތް ނުކޮށްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ ރަށްތަކުގައި މި ތަކެތި ވަނީ ބަދަލު ކުރަން ޖެހިފައި ކަމަށާއި މިހާރު އެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ޖެނެރޭޓަރުތައް ބަދަލު ކުރުމާއި އާ ޖެނެރޭޓަރުތައް ގެނައުމުގެ މަސައްކަތް ކުރެވެމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިހާރުވެސް ބައެއް ރަށްތަކަށް މިކަމުގައި ހައްލެއް ގެނެސްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތަ ތަނުގައި ފެނަކައިގެ ހާލަތު ރަނގަޅުކުރެވިގެންދާތަން ފެނިވަޑައިގަންނަވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ދާދި ފަހަކުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކަރަންޓުގެ މައްސަލަ ދިމާވެފައިވާ ހަ ރަށަކަށް އާ ޖަނަރޭޓަރުތަކެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެއީ:
ރަޝީދު ވިދާޅުވީ ކަރަންޓުގެ މައްސަލަ ކުރިމަތިވެފައިވާ ރަށްތަކަށް އެ މައްސަލަ ހައްލު ކުރުމަށް އަވަސް ފިޔަވަޅު ތަކެއް އަޅަމުން ދާކަމަށެވެ.
ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެންނާނަން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ