ގާސިމް، ސަލަފާ ބައްދަލުކޮށް މަޝްވަރާ ކޮށްފި

ގާސިމްގެ ދައުވަތަކަށް ސަލަފާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާއިރު ގާސިމް މިއަދު ވަނީ ރައީސް މައުމޫނާއި ފާރިސް މައުމޫނާއެކުވެސް މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ޖަމިއްޔަތުއް ސަލަފުގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވާ މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
މިއީ ގާސިމްގެ ދައުވަތަކަށް ބޭއްވެވި ބައްދަލްވުމެކެވެ. ސަލަފު އޮފީހުގައި މިއަދު ހަވީރު ހަތަރެއް ޖެހިއިރު އޮތް ބައްދަލްވުމުގައި ގާސިމް އިބްރާހިމްގެ އަރިހުގައި ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމާއި ގާސިމްގެ އެޑްވައިޒަރު އަހްމަދު ނިހާން ހުސައިން މަނިކާއި ކައުންސިލްގެ މެންބަރު، އަދި ދީނީ އިލްމުވެރިޔާ މޫސާ ނިޒާރު އިބްރާހިމް ބައިވެރިވެވަޑައިގެންނެވި އެވެ.ސަލަފުގެ ފަރާތުން އެ ޖަމިއްޔާގެ ރައީސް އައްޝައިހް އަބްދުﷲ ބުނު މުހައްމަދު އިބްރާހިމް އާއި ކުރީގެ ނާއިބު ރައީސް އައްޝައިހް ހަސަން މޫސާ ފިކުރީ އާއި އިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިހް އަހްމަދު ސަމީރާއި އިލްމުވެރީންގެ މަޖިލީހުގެ މެންބަރުން ކަމަށްވާ ޑރ. އަލީ ޒާހިރު އާއި އައްޝައިހް އަބްދުއްސަލާމް އަދި އައްޝައިހް ޝިހާމް މުހައްމަދު ބައިވެރިވެވަޑައިގެންނެވި އެވެ.ބައްދަލްވުމުގައި މަޝްވަރާ ކުރެވުނު ކަންކަމުގެ ތަފްސީލެއް ނުދެއްވައެވެ. ނަމަވެސް 2023 ގެ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން ވަކީން ކެންޑިޑޭޓަކު ނެރެން ނިންމާފައިވާތީ އެ ޕާޓީގެ ވިސްނުން ވަނީ ހިއްސާކޮށްފައެވެ. ބެލެވޭ ގޮތުން ޖޭޕީގެ ނިންމުމަށް ސަލަފުގެ ތާއީދަށް ގާސިމް އެދިވަޑައިގަންނަވާނެ އެވެ.ރާއްޖޭގައި ތިއްބެވި މަޝްހޫރު ދީނީ އިލްމުވެރީން ނިސްބަތްވާ ސަލަފުގެ ތާއީދަށް އެދި ޕީޕީއެމާއި އެމްއެންޕީން ވެސް ވަނީ އެ ޖަމިއްޔާއާ ބައްދަލު ކޮށްފައެވެ. ގާސިމްގެ ދައުވަތަކަށް ސަލަފާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާއިރު ގާސިމް މިއަދު ވަނީ ރައީސް މައުމޫނާއި ފާރިސް މައުމޫނާއެކުވެސް މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ