ނައިބު ރައީސް ފައިސަލް އާއި ގާސިމް ބައްދަލުކުރައްވައިފި

ނައިބު ރައީސް ފައިސަލް ނަސީމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ބައްދަލުކުރައްވައިފިއެވެ.
ބައްދަލުވުން އޮތީ މިއަދު މެންދުރު ފަހު، ގާސިމްގެ ސަން އައިލޭންޑް ރިސޯޓްގައެވެ.
ޖޭޕީގެ ސްލޮޓެއްގައި ކޯލިޝަން ސަރުކާރުގެ ނައިބު ރައީސްކަމުގައި ފައިސަލް ހުންނެވިނަމަވެސް، ނައިބު ރައީސް ކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ޖޭޕީގެ ހަރަކާތްތަކުން މާ ބޮޑަށް ފައިސަލް ފެނިވަޑައިގެންފައެއް ނުވެއެވެ. އެހެންނަމަވެސް ބައެއް އެމްޑީޕީގެ ހަރަކާތްތަކުން ފައިސަލް ފެނިފައިވެއެވެ.
ޖޭޕީގެ ބައެއް މެމްބަރުން ވަނީ ފައިސަލާއި މުޚާތަބުކޮށް މިކަމާއި ހިތްހަމަޖެހިވަޑައިނުގަތް ވާހަކަފުޅުވެސް ދައްކަވާފައެވެ. އެހެންނަމަވެސް ޖޭޕީގެ ލީޑަރު ފައިސަލަށް ނިސްބަތްކޮށް މިފަދައިން މުޚާތަބުކުރައްވާފައެއް ނުވެއެވެ.
ފައިސަލް ވަނީ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް އެހީތެރިވެވަޑައިގަންނަވަން ޖެހޭކަމަށް ވިދާޅުވެފައެވެ.
ޖުމްހޫރީ ޕާޓީން ކޯލިޝަން ހަދާނީތޯ ނުވަތަ ވެރިކަމަށް ނުކުންނާނީތޯ ކަނޑައެޅުމަށް އެކަމުގެ ބާރު ދީފައިވަނީ ގާސިމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ