އިންޑިއާގައި މި އަހަރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ޒުވާން ސާފިން ޓީމު އެކުލަވާލައިފި އެވެ.
ޖޫނިއާ ސްކޮޑު އެކުލަވާލައިފައިވަނީ ޓްރަޔަލްސްތަކެއް ބޭއްވުމަށްފަހު އެވެ. މި ޓްރަޔަލްސްތަކުގެ ފައިނަލް ހީޓުގައި ވާދަކޮށްފައިވަނީ ނޫހް މުހައްމަދު ދުނެއިމް އިރުޝާދު، ޔަސީން އަހުމަދު ނާޝިދު، ކަޔާން އަބްދުالله އަރީފް އަދި ޔޫސުފް ކަޔާން ހަމްދާން ޒަކީ އެވެ.
ސްކޮޑު އެކުލަވާލުމަށް ބޭއްވި ޓްރަޔަލްސްގެ ފައިނަލް ހީޓުގެ އެއް ވަނަ ހޯދީ ޔަސީން އެވެ. އޭނާ ވަނީ އެންމެ ރަނގަޅަށް އެޅި ދެ ރާޅުގެ ޖުމްލަ ސްކޯ 8.33 ހޯދައިފަ އެވެ. ދެ ވަނަ އަށް ދިޔަ ކަޔާން ޒަކީ އަށް އެންމެ މަތިން ސްކޯކުރި ދެ ރާޅުން ޖުމްލަ ލިބުނީ 6.34 އެވެ. އަދި ކަޔާން އަރީފް އަށް އެންމެ މަތިން ސްކޯކުރި ދެ ރާޅުން ޖުމްލަ ލިބުނީ 6.24 އެވެ.
އެހެންވެ އިންޑިއާގެ ޓެމިލް ނާޑޫގައި އޮންނަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ވާދަކުރާނީ ޔަސީން އާއި، ކަޔާން ޒަކީ އަދި ކަޔާން އަރީފް އެވެ.
މިދިޔަ ދެ އަހަރު އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ބާއްވާފައިވަނީ ރާއްޖޭގަ އެވެ. ކ. ތުލުސްދޫގައި ކުރިއަށްދިޔަ މި މުބާރާތުގެ ޖޫނިއާ ބައިގެ ސެމީ ފައިނަލުގައި ކަޔާން ޒަކީ ވަނީ ވާދަކޮށްފަ އެވެ.
އޭޝިއަން ސާފިން ޗެމްޕިއަންޝިޕަށް ޒުވާން ސްކޮޑް އެކުލަވާލައިފި އޭޝިއަން ސާފިން ޗެމްޕިއަންޝިޕަށް ޒުވާން ސްކޮޑް އެކުލަވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ