ޒުވާނުންނާއެކު ރައީސް ޔާމީން އިންތިހާބު ނަގާނެ: ސައީދު

ސައީދު ވިދާޅުވަނީ މިއީ މާޔޫސް ދުވަސްވަރެކެވެ. މާޔޫސްކަން ފިލުވައި ދޭން ރައީސް ޔާމީން ވަޑައިގަންނަވާނެ ކަމަށެވެ.
ރާއްޖޭގެ ހުރިހާ ޒުވާނުން ތިބީ ރައީސް އަބްދުﷲ ޔާމީނާ އެކުގައި ކަމަށް ޕީއެންސީގެ ނައިބު ރައީސް ކަން ކުރައްވަމުން ޕީޕީއެމްގެ ލީޑަޝިޕްގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ މަޖިލިސް މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމާއި ޕީއެންސީގެ ޖަގަހަ އެއްވެމެއް ރޭ ބޭއްވި އެވެ، އެ ތާނގައި މާވަށު ދާއިރާގެ މެމްބަރު ވިދާޅުވީ ރާއްޖޭގެ ޒުވާނުން ކުރިން ވެސް އަދި މިހާރު ވެސް ތިބީ ރައީސް ޔާމީނާއެކުގައި ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ކަން ކުރެއްވި ސައީދު ވިދާޅުވީ ރައީސްގެ ޔާމީންގެ ވެރިކަމުގެ ޒުވާނުންގެ ކުރިއެރުމާއި ތަރައްގީއަށް ގިނަ އެތައް ކަމެއް ކުރެއްވި ކަމަށާއި އޭގެ ބަދަލަށް ޒުވާނުންގެ ބޮޑު ތާއީދެއް ރައީސް ޔާމީނަށް ދީފައިވާ ކަމަށެވެ. އަދި ޒުވާނުން އެދޭ ބަދަލުތަކާއެކު ރާއްޖެ އާ ބަދަލުތަކުގެ ތެރެއަށް ގެންގޮސް ދޭނީ ރައީސް ޔާމީނަށް ކަން ޒުވާނުން ގަބޫލު ކުރާ ކަމަށެވެ. އޭނާ ވިދާޅުވީ މިއީ މާޔޫސް ދުވަސްވަރެއް ކަމަށާއި މާޔޫސްކަން ފިލުވައި ދޭން ރައީސް ޔާމީން ވަޑައިގަންނަވާނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ވޯޓް ކަރުދާހުގައި ރައީސް ޔާމީންގެ ނަންފުޅު ވެސް އޮންނާނެ ކަމަށެވެ. އަންނަ ސެޕްޓެމްބަރު މަހުގެ ބާއްވާ ރިޔާސީ އިންތިހާބުގައި ވެސް ރާއްޖޭގެ ޒުވާނުން ތިބޭނީ ރައީސް ޔާމީނާ އެކީގައި ކަމަށާއި ޒުވާނުންފެ ވޯޓާ އެކީ ރައީސް ޔާމީން އެ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
މިހާރު ޖަހާފައި އޮތް 11 އަހަރުގެ އެ ހުކުމް ރައީސް ޔާމީނުގެ ފަރާތްޕުޅުން ވަނީ ހައިކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ