ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2025 މި މަހު 26 ގައި ފަށަނީ
ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމްކޮށްގެން ހއ. އަތޮޅަށް ހާއްސަކޮށްގެން ބާއްވާ "ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2025" މި މަހު 26 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ފުޓްސަލް ކުޅޭ ޒުވާނުންގެ ހުނަރު ދައްކާލައި، ހުނަރު އިތުރަށް ތަރައްގީކޮށް ފުޓްސަލްއިން ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމާއި، ކުޅުންތެރިން އަދި ފުޓްސަލް ޓީމްތައް އުފެއްދުމުގެ މަސައްކަތް ކުރާ އަމިއްލަ ފަރާތްތަކުގެ މެދުގައި ކުޅިވަރުގެ ތެރެއިން އެކުވެރިކަން ބަދަހިކުރުމާއި، އެންމެންނަކީ ވެސް ސިއްހީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމެވެ. "ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2025" ބައިވެރިވާ ޓީމުތަކަކީ:ޔަންގް ބްލަޑް - ހއ. މޮޅަދޫބާރަލާ ސްޕޯޓްސް ކްލަބް - ހއ. ދިއްދޫގެއެންވީކޭ - ހއ. އިހަވަންދޫއެފްސީ ފްރިގޭޓަރ - ހއ. ހޯރަފުށީ22 ސްޕޯޓްސް ކްލަބް - ހއ. ހޯރަފުށީޓީމް ހިޔާ - ހއ. ހޯރަފުށީމިދިޔަ އަހަރު ބޭއްވި "ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް" ގެ ޗެމްޕިއަންކަން އިހަވަންދޫ އެންވީކޭ ޓީމުން ހޯދި އިރު ރަނަރަޕްކަން ހޯދީ ހޯރަފުށީގެ 22 ސްޕޯޓްސް ކްލަބް އެވެ.މި މަހު 26 އިން 30 ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ޗެންޕިއަން ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. 21 އަހަރުން ދަށުގެ އުމުރުފުރާއަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ މި މުބާރާތަށް ހޫނު ތަރުހީބެއް ހއ. އަތޮޅުން ލިބިފައިވާއިރު މީ މި މުބާރާތް ބާއްވާ 6 ވަނަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ