ދިރާގު ފިންޓެކުން ދިރާގުޕޭ ކަސްޓަމަރުންނަށް އެންމެ 1ރ.އަށް ޝަވަރުމާއެއް ލިބޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފި އެވެ.
ވީ ކިހިނެއް؟ - މި ޕްރޮމޯޝަންގެ ދަށުން މި ފަހަރު މި އޮފާ ލިބޭނީ ރާއްޖޭގެ މަޝްހޫރު ބާބާ ގާޑިޔާއިންނެވެ.
ތަފްސީލް - މި ޕްރޮމޯޝަން:
ކުރިއަށް ދާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 4 އިން 6އަށް އަދި ރޭގަނޑު 8 އިން 10އަށް ސޯޝަލް ސެންޓަރުގެ ބޭރު ސަރަހައްދުގައި
އެ ދުވަހު ދިރާގުޕޭ މެދުވެރިކޮށް އެންމެ ރުފިޔާއެއް ހަރަދުކޮށްގެން، ބާބާ ގާޑިޔާއިން ޝަވަރުމާއެއް ލިބޭނެ
ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނަށް ވެސް އަދި ދިރާގުޕޭ މުޅިން އަލަށް ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް ދިރާގުޕޭ އެޕް ޑައުންލޯޑްކޮށް ރަޖިސްޓްރީކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ
ގުޅުން ހުރި - ދިރާގުން ވަނީ ދާދި ފަހުން ވެސް މި ފަދަ ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ޕްރޮމޯޝަންގެ ދަށުން ދިރާގުޕޭ ކަސްޓަމަރުންނަށް 1ރ.އަށް ކޮފީ ގަންނަން ލިބުނެވެ.
ފާހަގަކޮށްލެވޭ - ދިރާގުގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ދިރާގު ފިންޓެކްގެ މި ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ އިތުރުން، ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމެވެ.
ދިރާގުޕޭން މި ހުކުރުގައި ބާބާ ގާޑިޔާއިން 1ރ.އަށް ޝަވަރުމާއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ