ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ހައްޔަރުކުރި 2 މީހުންގެ ބަންދަށް 15 ދުވަސްޖަހައިފި ޖުމްހޫ

އައްޑޫ ސިޓީ ހިތަދޫ ގެ މިސްކިތަކަށް ގެއްލުން ދިން މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިސްކިތުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުން ދިން މައްސަލައެއް އިއްޔެ 17:40 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި މި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އައްޑޫ ސިޓީގެ މިސްކިތަކަށް ގެއްލުން ދިން މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފާވާ ކަމަށެވެ. މި މައްސަލަ ބަލައި ތަހުގީގުކޮށް ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މިނިސްޓްރީން މަސައްކަތް ފަށާފައިވާކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ފަހަކަށް އައިސް މިސްކިތްތަކަށް ގެއްލުންދޭ މައްސަލަ ފެންމަތިވަމުން އަންނައިރު މިއީ އައްޑޫ ސިޓީގައި މިފަދަ މައްސަލައެއް މިފަހުން ފެންމަތިވި ފުރުތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ