ރެޑްފޯޓް ކައިރީ އެއްޗެއް ގޮވައި 10 މީހަކު މަރުވެއްޖެ، ދިއްލީ އެލާޓަށް
އިންޑިއާގެ ވެރިރަށް ދިއްލީގެ ރެޑް ފޯޓް މެޓްރޯ ސްޓޭޝަން ކައިރީގައި އެއްޗެއް ގޮވައި، 10 މީހަކު މަރުވެއްޖެއެވެ. އިންޑިއާ ޓުޑޭގައިވާ ގޮތުން އެއްޗެއް ގޮވައިފައިވަނީ، ރެޑް ފޯޓް މެޓްރޯ ސްޓޭޝަންގެ އެއް ވަނަ ގޭޓު ކައިރީގައި އޮތްް ކާރެއްގައެވެ. އެ ހާދިސާގައި 10 މީހަކު މަރުވެ، 24 މީހަކަށް އަނިޔާވި ކަމަށް އެ ނޫހުގައިވެއެވެ. އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން އެ ހާދިސާ ހިނގި ސަބަބު ހޯދުމަށް ފޮރެންސިކް މާހިރުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި މުޅި ރެޑް ފޯޓް ސަރަހައްދު މިހާރު ވަނީ ބަންދުކޮށްފައެވެ. ދިއްލީގެ ފުލުހުންނާ ހަވާލާދީ ސީއެންއެންގައިވާ ގޮތުން އެ ހާދިސާގައި ނުވަ އުޅަނދެއްގައި ރޯވެފައިވެއެވެ. އިންޑިއާގެ ރަސްކަލުންނަށް ދިރިއުޅުއްވި ތާރީޚީ އިމާރާތްތައް ހުންނަ ރެޑް ފޯޓަކީ ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރާ ތަނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ