ތައިލެންޑާއި ކެމްބޯޑިއާ ގުޅޭ ބޯޑަރު ސަރަހައްދުގައި ހަނގުރާމަ ކުރާތާ ހަފުތާއެއްހާ ދުވަސް ތެރޭ ތައިލެންޑުގެ ގާނޫނު ހަދާ މަޖިލިސް ބޮޑުވަޒީރު މިއަދު އުވާލައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީސް އުވާލުމުން ގިނަވެގެން 45 ދުވަހާއި 60 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި އާންމު އިންތިހާބަކަށް އިއުލާން ކުރަން ޖެހެ އެވެ.
މީގެ ތިން މަސް ކުރިން ވެރިކަމާ ހަވާލުވެވަޑައިގަތް ބޮޑުވަޒީރު އަނޫޓިން ޗާންވިރަކުލް ވަނީ ބޯޑަރު މައްސަލަ ހައްލު ކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
"އެކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ މަޖިލިސް އުވާލުން. އެއީ ސިޔާސީ ބާރުތައް ރައްޔިތުންނަށް އަނބުރާ ލިބޭނެ ގޮތަކީ،" އޭނާ ވިދާޅުވި އެވެ.
ވިޔަފާރި މަހުޖަނު އަނޫޓިން އަކީ 2023 ވަނަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން ތައިލެންޑުގެ ތިން ވަނަ ބޮޑުވަޒީރެވެ. މިދިޔަ ސެޕްޓެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އޭނާ ވިދާޅުވީ ޖެނުއަރީ މަސް ނިމުމުގެ ކުރިން މަޖިލީސް އުވާލައްވާނެ ކަމަށެވެ.
ނަމަވެސް އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމުގެ އަޑުގަދަވުމާ ގުޅިގެން އަނޫޓިން ވަނީ އިންތިހާބު އަވަސް ކުރައްވައިފަ އެވެ.
މިދިޔަ މަހު ތައިލެންޑުގެ ދެކުނުގައި ހިނގި ފެންބޮޑުވުމުގެ ހާދިސާގެ ކަންކަން ހިންގެވި ގޮތުން އޭނާ އަށް ފާޑުކިޔުންތައް އަމާޒުވި އެވެ.
ރައްޔިތުންގެ ބާރު އިޔާދަ ކުރުމަށް ތައިލެންޑުގެ ބޮޑުވަޒީރު މަޖިލީސް އުވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ