ޤައުމީ ޤުރުއާން މުބާރާތުން 1ވަނަ ހޯދާ ފަރާތްތަކަށް ޕީއެޗްޑީއާހަމައަށް ބޭނުންގައުމަކުން ކިޔެވުމަށް ރައީސްގެ ސްކޮލަޝިޕް

ޤައުމީ ޤުރުއާން މުބާރާތުގެ އެކި ބައިތަކުން 1ވަނަ ހާސިލުކުރާ ފަރާތްތަކަށް ޕީއެޗްޑީއާ ހަމައަށް ބޭނުން ގައު ގައުމަކުން ކިޔެވުމުގެ ފުރުޞަތު ދެއްވުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢިއުލާންކުރަށްވައިފިއެވެ.
ރައީސް މުޢިއްޒު މިކަން އިޢުލާން ކުރެއްވީ އެމަނިކުފާނުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ޕޯސްޓުގައި ރައީސް ވިދާޅުވެފައިވަނީ މިއަހަރުން ފެށިގެން، ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ތިން ބައިން، އެއީ ނުބަލާ ކިޔެވުމުގެ ބައި، ބަލައިގެން ކިޔެވުމުގެ ބައި، އަދި ޙާފިޡުންގެ ބައިން މުޅި މުބާރާތުން 1ވަނަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވިގޮތުގައި މި ސްކޮލަރޝިޕްގެ ދަށުން، ކާމިޔާބުކުރާ ފަރާތްތަކަށް އެ ފަރާތަކުން ތަޢުލީމު ހާސިލުކުރަން ބޭނުންވާ ދާއިރާއަކުން، އެ ފަރާތަކުން ބޭނުންވާ ޤައުމަކުން ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މީގެ އިތުރުން، މުޅި މުބާރާތުން މި ތިން ބައިން ބައިން 1ވަނަ ހޯދާ ފަރާތްތަކަށާއި، މުއައްސަސާތަކުގެ ބައިން މުޅި މުބާރާތުން 1ވަނަ ހޯދާ ތަނަކަށް، ރައީސުލްޖުމްހޫރިއްޔާގެ އިނާމުގެ ތެރޭގައި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުގެ ފިލައެއްވެސް ދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވެފައިވަނީ މުބާރާތުގެ ހުރިހާ ވަނަތަކަށް މިނިސްޓްރީން ދޭ އިނާމުތައްވެސް ކުރިޔަށްވުރެ ގިނަވެ އަގުބޮޑުވާނެ ކަމަށާއި، އަމިއްލަ ފަރާތްތަކުން އިނާމު ހުށަހަޅަން ދޭ ފުރުޞަތުވެސް އިތުރަށް ފަހިވާނެ ކަމަށެވެ.
މި ނިންމެވުމަކީ ޤުރުއާން ކިޔެވުމުގެ ދާއިރާއަށް ބޮޑު ހިތްވަރަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިކަމުގެ ސަބަބުން ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ އަދަދު އިތުރުވެ، މުބާރާތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ