ކަނޑޫމާ ތިލަ ކައިރިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
ކ. ކަނޑޫމާ ތިލަ ކައިރިން މަރުވެފައި އޮތް ބިދޭސީ ފިރިހެނަކު ފެނިއްޖެއެވެ. ފުލުހުން ބުނީ، ކަނޑޫމާ ތިލަ ކައިރިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 10:17 އެހާކަށްހާއިރު ކަމަށެވެ. މިކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން މިހާރު ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން މިގޮތަށް ބުނެފައިވާއިރު ކަނޑުމަތީގައި މަރުވެފައި އޮތް ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު އޮޔާ ދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިއަދު ދައުރުވަމުން އެބަދެއެވެ. ކަނޑޫމާ ތިލައަކީ ޑައިވިން ޕޮއިންޓެއްގެ ގޮތުގައި މަޝްހޫރު ތަނެކެވެ. މީގެ ކުރިން ވެސް ޑައިވިން އަދި ސްނޯކްލިންއަށް ގޮސް އުޅޭ ބިދޭސީން ގެއްލިގެން ރިޕޯޓްކުރުމާއި ކަނޑަށް މަރުވުމުގެ ހާދިސާތައް ހިނގާފައިވެއެވެ. މޫސުން ގޯސް ދުވަސްތަކުގައި އެފަދަ ހަރަކާތްތައް ކުރިއަށް ނުގެންދިއުމަށް ކަމާ ގުޅުންހުރި އިދާރާތަކުން އަބަދު ވެސް އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ