ތިބާއަށް ނުވެސް ވިސްނޭނެ މިންވަރަށް ﷲ ތަޢާލާ ތިބާގެ ކަންކަމަށް ބައްލަވައިވޮޑިގެންވެއެވެ. ތިބާއަށް އޮތީ ކިޔަމަންތެރިކަން އަދާކުރުމެވެ. އެއިރުން ތިބާއަށް ފައިދާކުރާނެ ގޮތްތަކަށް ކަންކަން މިންވަރުކޮށްދެއްވަވާނެތެވެ. ވީމާ އަބަދުވެސް ހިތުގައި ހަރުލައްވަންވީ ކޮންމެ ކަމެއްވެސް ޙާޞިލުވުންވަނީ ﷲ ތަޢާލާގެ ޙަޟްރަތުންކަމެވެ. އެންމެހައި ބާރުތައް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށް ކަމެވެ.
ހާސްވުމާއިކަންބޮޑުވުން އޮތީ އަހަރެމެންނަށެވެ. ބޭނުންވާ ކަންކަން ޙާޞިލުނުކުރެވިގެން މިއުޅެނީ އަހަރެމެންނެވެ. އަހަރެމެންގެ ހުރިހާ ބޭނުންތައް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ހުރިހާ ކަންކަން އެކުގައި ފުއްދަވައި ދެއްވަވަންވެސް ﷲ ތަޢާލާ ކުޅަދުންވަންތައެވެ.
މިކަންކަން ހިތުގައި ބާއްވައިގެން ގަދައަޅައި މަސައްކަތްކުރަންވީ ﷲ ތަޢާލާ އާއި ކުއްތަންވުމަށެވެ. މިބުނި މަގުން މަސައްކަތްކުރާ މީހާއަށް އަބަދުވެސް ﷲ ތަޢާލާ ހެޔޮގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
ޔަޤީންކުރާށެވެ! އެއްވެސް މީހަކަށް އެމީހާގެ މޮޅުކަމުން ނުވަތަ ކުޅަދާނަކަމުން ޙާޞިލުކުރެވޭނެ އެއްވެސް ކަމެއް ނުވެއެވެ. ކޮންމެ ކަމެއްވެސް ޙާޞިލުކުރެވޭނީ ﷲ ތަޢާލާ އެކަމަށް މިންވަރުފުޅު ކުރެއްވެވުމުންނެވެ. އެއީ ސިކުނޑިއަށް ހަމަޖެހުން ލިބުންކަމުގައިވީނަމަވެސް، އުފާވެރިކަން ކަމުގައިވީނަމަވެސް ކަރަން ބޭނުންވާ ކަމެއް ކާމިޔާބުވުން ކަމުގައިވީނަމަވެސްމެއެވެ.
--މުފްތީ މެންކްގެ ދަރުސަކުން
ސިކުނޑިއަށް ހަމަޖެހުމާ ހިތަށް އުފާވެރިކަން ލިބުމާ ކަރަން ބޭނުންވާ ކޮންމެ ކަމެއް ޙާޞިލުކުރެވުމަށްވެސް އޮތީ ހަމަ އެންމެ މަގެއް! ކުރަން އޮތީ އެންމެ ކަމެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ