ސްނެޕްޗެޓުން 'ޓޮޕިކް ޗެޓްސް' ތަޢާރަފްކޮށް ފަޔާ ޓެބްލެޓްސްއަށް!

ސްނެޕްޗެޓުން އެކި މައުޟޫޢުތަކާ ގުޅޭގޮތުން ޢާންމުކޮށް ވާހަކަ ދެކެވޭނެ އާ ފީޗާއެއް ކަމަށްވާ "ޓޮޕިކް ޗެޓްސް" ތަޢާރަފްކޮށް، އެޕްލިކޭޝަން އެމެޒޯން ފަޔާ ޓެބްލެޓްސްއަށް ޑައުންލޯޑްކުރެވޭނެ ގޮތް ހަދައިފިއެވެ. ޓޮޕިކް ޗެޓްސް ގެނެސްފައިވަނީ ޓްރެންޑްވާ ހާދިސާތަކާއި މައުޟޫޢުތަކާ ބެހޭގޮތުން ކޮމިއުނިޓީގެ މެމްބަރުންނަށް އެއް މާހައުލެއްގައި ވާހަކަ ދައްކައި، ޚިޔާލު ބަދަލުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ މަޤްޞަދުގައެވެ. މި އާ ޗެޓްތަކުގައި، އެ މައުޟޫޢުތަކާ ގުޅުންހުރި ސްނެޕްސް އެއްތަނަކަށް އެއްކޮށްލެވޭނެއެވެ. ޓޮޕިކް ޗެޓްސްގައި ބައިވެރިވުމަށްޓަކައި، ކެނެޑާ، ނިއުޒީލެންޑް، އަދި އެމެރިކާގެ ބޭނުންކުރާ ފަރާތްތަކަށް ޗެޓް ޝޯޓްކަޓްސް، ސާޗް، ސްޓޯރީސް ޕޭޖް، އަދި ސްޕޮޓްލައިޓް ވީޑިއޯތަކުން "ޖޮއިން ދަ ޗެޓް" ބަޓަން އަންނަ ހަފްތާތަކުގެ ތެރޭގައި ފެންނަން ފަށާނެއެވެ. ޔޫޒަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން، ޓޮޕިކް ޗެޓްސް މޮޑެރޭޓް ކުރެވޭނެއެވެ. އަދި އެކުވެރިން ނޫން މީހުންނަށް ޕްރޮފައިލް ނުފެންނާނެތީ، ފްރެންޑް ވުމަށް އެދުމާއި ޑައިރެކްޓް މެސެޖްތައް ފޮނުވުމުން ރައްކާތެރިކަން ލިބިގެންދާނެއެވެ. މީގެ އިތުރުން، އެއް ޓޮޕިކް ޗެޓެއްގައި އެކުވެރިން ބައިވެރިވެފައިވޭތޯ ބަލާލެވޭނެއެވެ. ސްނެޕްޗެޓްގެ އެޕްލިކޭޝަން އެމެޒޯން އެޕްސްޓޯރު މެދުވެރިކޮށް އެމެޒޯން ފަޔާ ޓެބްލެޓްސް އަށް ޑައުންލޯޑްކުރެވޭ ގޮތް ހަމަޖެހުމާއެކު، ޓެބްލެޓް ބޭނުންކުރާ ފަރާތްތަކަށް ވެސް ޗެޓް، ސްޓޯރީސް، ލެންސް، އަދި ސްޕޮޓްލައިޓް ފަދަ ސްނެޕްޗެޓްގެ ހުރިހާ މައިގަނޑު ފީޗާއެއް ލިބިގެންދާނެއެވެ. އަދި ސްނެޕްޗެޓް+ ސަބްސްކްރައިބަރުންނަށް ވެސް އެމީހުންގެ މެމްބާޝިޕްގެ ހުރިހާ ފައިދާއެއް ފަޔާ ޓެބްލެޓްސްގައި ލިބިގެންދާނެކަމަށް ސްނެޕްޗެޓުން ބުނެއެވެ. މިހާރު ސްނެޕްޗެޓް މިވަނީ އެމެޒޯން ފަޔަރ ޓެބްލެޓްސްއަށް ލިބޭގޮތް ހަދާފައި --- ސްނެޕްޗެޓަކީ މައިގަނޑު ގޮތެއްގައި ޒުވާނުންގެ މެދުގައި މަގުބޫލު އެޕްލިކޭޝަނެކެވެ. އެޕްލިކޭޝަނުގެ ޑިޒައިން ބިނާވެފައިވަނީ ވަގުތީ މެސެޖްތަކާއި، ސްނެޕްސް (ފޮޓޯ/ވީޑިއޯ) ހިއްސާކުރުމުގެ މައްޗަށެވެ. މީގެ ކުރިން ސްނެޕްޗެޓްގައި ގިނައީ އަމިއްލަ އެކުވެރިންނާ ދެމެދުގައި ވާހަކަ ދެކެވޭ ފީޗާތަކެވެ. ނަމަވެސް "ޓޮޕިކް ޗެޓްސް" ތަޢާރަފްކުރުމަކީ، ޓިކްޓޮކް އަދި އެހެނިހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޢާންމުކޮށް މަޝްހޫރުވާ މައުޟޫޢުތަކުގައި ވާހަކަ ދެއްކޭނެ ތަނެއް ހަދައިގެން، ޕްލެޓްފޯމްގެ ބޭނުންކުރާ މީހުންގެ ދާއިރާ އިތުރަށް ފުޅާކުރުމަށް ސްނެޕްޗެޓުން ކުރާ މަސައްކަތެކެވެ. އަދި، އެމެޒޯން ފަޔަރ ޓެބްލެޓްސްއަށް އެޕް ގެނައުމަކީ އެޕްލިކޭޝަން ބޭނުންކުރާނެ ޑިވައިސްތަކުގެ އަދަދު އިތުރުކޮށް، ޕްލެޓްފޯމްގެ ޔޫޒަރުންގެ އަދަދު އިތުރުކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ