ލ. ގަން، ތުނޑީ އަވަށުގެ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
ވީ ކިހިނެއް؟ - އެމްއެންޑީއެފްއިން ބުނީ ސެެންޓްރަލް އޭރިއާ ކޮމާންޑު، ކައްދޫ ފަޔާ ސްޓޭޝަނުން އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ބުނީ ކީކޭ؟ - ލ. ގަން ކައުންސިލްގެ ރައީސް އަހްމަދު ޒަކީ 'ދައުރު'އަށް ވިދާޅުވި ގޮތުގައި އަލިފާން ރޯވީ މިއަދު މެންދުރު 2:45 ހާއިރު އެވެ.
އޭނާއަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ގޮތުގައި އެ ހާދިސާ ހިނގަން މެދުވެރިވީ ސައިލެންސަރު ހޮޅިއެއްގައި ރޯވެގެންނެވެ.
އަހްމަދު ޒަކީ ވިދާޅުވި ގޮތުގައި މީގެ ކުޑަ ވަގުތުކޮޅެއް ކުރިން އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކުރެވިފަ އެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބުނު ނަމަވެސް، އިންޖީނުގޭގެ ގޯތި ތެރޭގައި ހުރި ބައެއް ތަކެއްޗަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
ޕޮލިސް މީޑިއާއިން ބުނީ އަލިފާން ނިއްވާލެވުނީ 3:50 ހާއިރު ކަމަށެވެ.
"މި ހާދިސާގައި އިންޖީނުގޭގައި ބޭނުންކުރަމުންދިޔަ 1 ޖަނަރޭޓަރު، ބޭނުންނުކުރެވޭ ވަރަށް ގެއްލުންވެފައިވޭ،" ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން އަންނަނީ އެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ލ. ގަން އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ