އެޗްޑީސީގެ މުވައްޒަފުންނަށް 18،600ރ.ގެ ބޯނަސް ދެނީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުންގެ މި އަހަރުގެ ބޯނަސްގެ ގޮތުގައި ދޭނެ އެންމެ ބޮޑު އަދަދަކީ 18،600ރ. ކަމަށް ކަނޑައަޅައިފި އެވެ.ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ މުވައްޒަފުން މަސައްކަތްކުރަމުން އަންނަ ކުންފުނިތަކުގެ ތެރޭ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ހިމެނެއެވެ. އަދި އެއީ މުސާރަތަކާއި އިނާޔަތްތައް ވެސް އާންމު މިންގަނޑާ އަޅައިބަލާއިރު ރަނގަޅު ކުންފުންޏެއްގެ ގޮތުގައި ފާހަގަކުރެއެވެ.އެއާއެކު މިދިޔަ އަހަރު 10،000 ރުފިޔާ އެނުއަލް ބޯނަހުގެ ގޮތުގައި އެ ކުންފުނިން، ކުންފުނީގެ މުވައްޒަފުންނަށް ދިނެވެ. މައުލޫމާތު ލިބޭ ގޮތުގައި މިފަހަރު އެ ބޯނަސް ވަނީ ގާތްގަނޑަކަށް ދެގުނަ ބޮޑުވެފައެވެ. އެގޮތުން މިފަހަަރު ކޮންމެ މުވައްޒަފަކަށް ވެސް އެނުއަލް ބޯނަހުގެ ގޮތުގައި 18،600 ރުފިޔާ ވަނީ ދޭން ނިންމައިފައެވެ.ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން އެ ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި ފައިސާދެ އެވެ. އެގޮތުން އެމްއޭސީއެލް އިން ވަނީ 25،000ރ. އެ ކުންފުނީގެ މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ