ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި ވެންޓިލޭޓަރުގައި ފަރުވާ ދެނީ

ވެމްކޯގެ މުވައްޒަފަކު ހަމަކުން ޑީސަލް ނަގަން، އެއަށް ހޮޅިއެއް ލައި އަނގަ ޖަހައި ދަމާލި ވަގުތު ޑީސަލް ބޮވި ފުއްޕާމެޔަށް ޑީސަލް އެޅިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.މައުލޫމާތު ލިބޭ ގޮތުގައި ޑީސަލް ބޮވި، ފުއްޕާމެއަށް ދިޔުމުގެ ސަބަބުން ނޭވާލުމަށް ދަތިވެގެން އެންމެ ފުރަތަމަ އޭނާއަށް ފަރުވާ ދެމުން އައީ ގއ. ވިލިނގިލި ހޮސްޕިޓަލުގަ އެވެ. ނަމަވެސް އިތުރު ފަރުވާއަށް މާލެ ގެނެސް މިހާރު އެ މުވައްޒަފު އޮތީ އައިޖީއެމްއެޗުގަ އެވެ.އެނގިފައިވާ ގޮތުގައި މި ވަގުތު އޭނާ އޮތީ ވެންޓިލޭޓަރުގައެވެ. ނަމަވެސް ހާލު ސްޓޭބަލްކަމަށް މައުލޫމާތު ލިބެ އެވެ.ވަރަށް ފަހުން ސަރުކާރު ކުންފުންޏެއްކަމަށްވާ ސްޓެލްކޯގެ މުވައްޒަފު ވަނީ ވަޒީފާގެ ތެރޭ ދިމާވި ހާދިސާއެއްގެ ސަބަބުން މަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ