ޗައިނާ ސަރުކާރުގެ އިސް އޮފިޝަލަކާ މުއިއްޒު ބައްދަލުކުރައްވައިފި ޗައިނާ ސަރުކާރުގެ އިސް އޮފިޝަލަކާ މުއިއްޒު ބައްދަލުކުރައްވައިފި

ޗައިނާ ސަރުކާރުގެ އިސް އޮފިޝަލަކާ ރައީސް މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިފި އެވެ.
މުއިއްޒުގެ އަރިހަށް މިއަދު އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވީ ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ 14 ވަނަ ސްޓޭންޑިން ކޮމިޓީގެ ވައިސް ޗެއާމަން، ވޮންގް ޑޮންގްމިން އެވެ.
ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ޗައިނާއިން ދެއްވާ އެހީތެރިކަމަށް އަލިއަޅުއްވާލައްވައި، ކުރިއަށް އޮތް ތަނުގައިވެސް ޗައިނާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމުގެ ޔަގީންކަން އެ ބައްދަލުވުމުގައި މުއިއްޒު ދެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ދެ ގައުމު ގުޅިގެން ރާއްޖޭގައި މިހާރުވެސް ކުރިއަށްދާ ދާއިރާތަކުން އެހީތެރިކަން ދެއްވުމަށާއި ރާއްޖޭގެ ތަރައްގީއަށް ކުރިއަށް އޮތް ތަނުގައިވެސް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ވޮންގް ވެސް ދެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ނެޝަނަލް ޕީޕަލްސް ކޮންގްރެސްއަކީ ޗައިނާގެ ގާނޫނު ހަދާ މަޖިލީހެވެ. އެ މަޖިލިސް އެކުލެވިގެންވަނީ 2،977 މެންބަރުންގެ މައްޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ