އެސްޕަޔާ އާއި ރިނޯން އިން ބާއްވާ ފްލެއާ ޗެމްޕިއަންޝިޕް މި މަހު ކޮލަމްބޯގައި އެސްޕަޔާ އާއި ރިނޯން އިން ބާއްވާ ފްލެއާ ޗެމްޕިއަންޝިޕް މި މަހު ކޮލަމްބޯގައި

ރާއްޖޭގެ އެކަޑަމީ އަކުން ބޭރު ގައުމެއްގައި އިންތިޒާމްކުރާ ފުރަތަމަ މުބާރާތް، އެސްޕަޔާ/ރިނޯން ފްލެއާ ޗެމްޕިއަންޝިޕް މި މަހުގެ ފަހުކޮޅު ސްރީ ލަންކާގެ ކޮލަމްބޯގައި ކުރިއަށްގެންދިއުމުގެ މަސައްކަތްތައް ކުރިއަށް އެބަދެ އެވެ.
މި މުބާރާތަކީ، ރާއްޖޭގެ އެސްޕަޔާ ފުޓްބޯލް އެކަޑަމީ އާއި ސްރީ ލަންކާގެ ވަރުގަދަ ކްލަބް، ރިނޯން އިން ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތް ތާވަލުކުރެވިފައިވަނީ، މި މަހުގެ 28 އާއި 29 ވަނަ ދުވަހު ކުޅޭ ގޮތަށެވެ.
މި މުބާރާތުގައި، އެސްޕަޔާ އެކަޑަމީގެ އިތުރުން، ރާއްޖޭގެ އެކަޑަމީތަކާއި ލަންކާގެ އެކަޑަމީތަކުގެ ޓީމުތައް ވާދަކުރާނެ އެވެ. މިއީ، މި ގޮތަށް ރާއްޖޭގެ އެކަޑަމީ އަކުން ރާއްޖޭން ބޭރުގައި އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ފުރަތަމަ މުބާރާތެވެ.
އެ ގޮތުން، މި ފަހަރުގެ މުބާރާތް ރޭވިފައިވަނީ، ދެ އުމުރުފުރާ އަކަށެވެ. އެއީ، 10 އަހަރުން ދަށާއި 12 އަހަރުން ދަށަށެެވެ. އެސްޕަޔާ އާއި ރިނޯން އެކަޑަމީ އަދި ސްރީ ލަންކާގެ އެކަޑަމީގެ ޓީމުތަކުގެ އިތުރުން، ރާއްޖޭގެ އެޑްވެންޗާ ފުޓްބޯލް އެކަޑަމީ އާއި ދުވާފަރު ފުޓްބޯޅަ އެކަޑަމީ އަދި މަގޫދޫ ފުޓްބޯޅަ އެކަޑަމީގެ އިތުރުން ބީޖީ ސްޕޯޓްސް ކްލަބްގެ އެކަޑަމީގެ ޓީމުތައް މި މުބާރާތުގައި ވާދަކުރާނެ އެވެ.
އެސްޕަޔާ އިން ވަނީ މި މުބާރާތުގެ ކަންކަމުގައި އެއްބާރުލުން ދެމުން އަންނަ ފަރާތްތަކަށް ޝުކުރުއަދާކޮށްފަ އެވެ. އަދި، މުބާރާތުގައި ސްޕޮންސާ ކުރުމުގެ ފުރުސަތު އަދިވެސް އޮތީ އެސްޕަޔާގެ ފަރާތުން ހުޅުވާލައިފަ އެވެ.
ގްރާސްރޫޓު ލެވަލުން ފެށިގެން، ފުޓްބޯޅައިގައި ކުދިން ޑިވެލޮޕްކޮށް، މަތީ ފަންތީގައި ކުޅޭނެ ކުޅުންތެރިން އެންމެ ރަނގަޅު ފެންވަރުގައި ކުރިއަށްގެންދިއުމުގެ އަމާޒުގައި، އެސްޕަޔާގެ ނަމުގައި، އެކަޑަމީއެއް ލޯންޗުކޮށްފައިވަނީ، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ. ރާއްޖޭގެ ނިސްބަތުން ފެންވަރު ރަނގަޅު އެކަޑަމީ ކޯޗުންގެ އިރުޝާދުގެ ދަށުން އެސްޕަޔާ އެކަޑަމީ ހިންގަމުން އަންނައިރު، ރާއްޖޭގައި ބާއްވާ ހުރިހާ އެކަޑަމީ މުބާރާތްތަކެއްގައި، އެސްޕަޔާ އިން އަންނަނީ ވާދަކުރަމުންނެވެ. އަދި، އެސްޕަޔާ އިން ވަނީ މިދިޔަ އަހަރު މެލޭޝިއާގައި ކުރިއަށްދިޔަ އެކަޑަމީ މުބާރާތެއްގައި ވެސް ވާދަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ