ލ. އަތޮޅަށް ކުރެއްވި ތިން ދުވަހުގެ ދަތުރަށްފަހު މުއިއްޒު މާލެ ވަޑައިގެންފި ލ. އަތޮޅަށް ކުރެއްވި ތިން ދުވަހުގެ ދަތުރަށްފަހު މުއިއްޒު މާލެ ވަޑައިގެންފި

ލ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ތިން ދުވަހުގެ ދަތުރަށްފަހު ރައީސް މުހައްމަދު މުއިއްޒު މާލެ ވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ އެމަނިކުފާނު އެނބުރި މާލެ ވަޑައިގެންނެވީ މިއަދު މެންދުރުފަހު ކަމަށެވެ. މި ދަތުރުގައި މުއިއްޒު އާއެކު ވަޒީރުންނާއި މަޖިލިސް މެންބަރުން އަދި ސަރުކާރުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ދަތުރުގެ ތެރެއިން މުއިއްޒު އަދި ސަރުކާރުގެ މަތީ ފަންތީގެ ވަފުދުން ލ. އަތޮޅުގައި މީހުން ދިރިއުޅޭ 11 ރަށް ކަމަށްވާ އިސްދޫ، ކަލައިދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، ގަން، މާވަށް، ފޮނަދޫ، މާމެންދޫ، ހިތަދޫ، އަދި ކުނަހަންދޫ އަށް ވަޑައިގަތެވެ.
ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި މުއިއްޒު ގެންދަވަނީ ރައްޔިތުންނާއި ކައުންސިލް އަދި އެ ރަށްރަށުގެ އެހެން އިދާރާތަކާއި ބައްދަލުކުރައްވަމުންނެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވަމުން އަންނަ ދަނޑިވަޅުގައި މުއިއްޒު އަންނަނީ ރާއްޖޭގެ އެކި އަތޮޅުތަކަށް ޒިޔާރަތް ކުރައްވައި އައު ވައުދުތަކެއް ވަމުންނެވެ. އެގޮތުން މިދިޔަ ހަފުތާ އެމަނިކުފާނު ވަޑައިގެންނެވީ ށ. އަތޮޅުގެ ރަށްތަކަށެވެ.
ރައީސް އޮފީހުން ބުނަނީ އެއީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ