އައްޑޫ ސިޓީ ކައުންސިލް، އެއް ކައުންސިލެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި ވަކިވަކި ރަށްރަށުގައި ކައުންސިލްތައް ގާއިމު ކުރަން ފެނޭތޯ ބަލަން ނެގި އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓުލުމުގެ ކަންކަން ނިމިގެންދިޔައިރު ވޯޓުލުމަށް ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 50 ޕަސެންޓު މީހުން ވެސް ނުކުމެފައި ނުވާކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އައްޑޫ ސިޓީން އެ އަތޮޅު ފޭދޫ އާއި މީދޫ އަދި ހުޅުދޫ ވަކިވާން ފެނޭތޯ ބެލުމަށް ނަގާ އެ ވޯޓުގެ ވޯޓުލުން ފެށީ އިއްޔެ ހެނދުނު 8:00 އެވެ. ވޯޓުގެ ކިއު ބަންދުކުރީ ހަވީރު 04:00 ގަ އެވެ.
ވޯޓުލުން ކުރިއަށްދިޔައީ އައްޑޫ އާއި މާލޭގަ އެވެ. މާލޭގައި ހަތް ވޯޓު ފޮށި ބެހެއްޓިއިރު، ހުޅުދޫ އާއި މީދޫގައި، ކޮންމެ އަވަށެއްގައި ތިން ފޮށި އަދި ފޭދޫގައި ފަސް ފޮށި ބަހައްޓާފައިވެ އެވެ.
މުޅި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 9،549 މީހުންނަށް ލިބުނެވެ. އޭގެ ތެރެއިން ވޯޓު ދިނީ 4،513 މީހުންނެވެ. އެއީ ގާތްގަނޑަކަށް 47 ޕަސެންޓު މީހުންނެވެ.
ފޭދޫގައި ނެގި ވޯޓަށް 55 ޕަސެންޓު މީހުން ނުކުތް އިރު މީދޫގެ ވޯޓަށް 42 ޕަސެންޓު މީހުން ވޯޓުލި އެވެ. އެންމެ މަދުން މީހުން ނުކުރީ ހުޅުދޫ ވޯޓަށެވެ. އެ ރަށުގެ ވޯޓަށް ނުކުތީ 37 ޕަސެންޓު މީހުންނެވެ.
މިއަދުގެ ވޯޓުގައި ހިމެނެނީ ކޮންމެ ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތަކެއް ގާއިމު ކުރުމަށް ފެނޭތޯ އާއި އައްޑޫ ފޭދޫގައި ވަކި ކައުންސިލެއް ގާއިމު ކުރުމާ ބެހޭ ސުވާލުތަކެވެ.
އައްޑޫގައި ސިޓީ ކައުންސިލެއް ގާއިމުކުރަން ނެގި ވޯޓުގައި ވޯޓު ލުމުގެ ހައްގު 21،000 އަށް ވުރެ ގިނަ މީހުންނަށް ލިބިފައި އޮތަސް، އެ ވޯޓުގައި ބައިވެރިވީ 4706 މީހުންނެވެ. އެ ފަހަރު ވޯޓުގައި ބައިވެރިވީ މީހުންގެ ނިސްބަތަކީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ އާބާދީގެ އެންމެ 21 ޕަސެންޓެވެ.
އެންމެފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި އައްޑޫ ސިޓީއަށް ރެޖިސްޓްރީވެފައިވާ 35،359 ދިވެހިން އެބަތިއްބެވެ. އެ ސިޓީގައި ދިރިއުޅޭ އާބާދީއަކީ 25،062 އެވެ. އޭގެ ތެރެއިން 20،000 ހާހަކަށް މީހުންނަކީ ދިވެހިން ކަމަށްވާއިރު ބިދޭސީންގެ އާބާދީއަކީ ގާތްގަނޑަކަށް 5،000 އެވެ.
ފޭދޫއަކީ އާބަދީ ބޮޑު ރަށެކެވެ. އެ ރަށުގައި ރަޖިސްޓާޑް އާބާދީ 5،810 އަށް އަރަ އެވެ. ހުޅުދޫ އާއީ މީދޫގެ އާބާދީ އެއްކޮށްލުމުން 6،845 އަށް އަރަ އެވެ.
އައްޑޫ ބައިކުރަން ނެގި ވޯޓުގައި ދެބައިކުޅަ އެއްބައި މީހުން ވެސް ބައިވެރިނުވޭ! އައްޑޫ ބައިކުރަން ނެގި ވޯޓުގައި ދެބައިކުޅަ އެއްބައި މީހުން ވެސް ބައިވެރިނުވޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ