ކުޑަކުދިިންގެ ދުވަހާ ގުޅުވައގެން ދ. ކުޑަހުވަދޫގައި ދިމާކޮށް ކުޑަކުދިންނަށް ހާއްސަ ވޯޓާ ޕާކެއް ހުޅުވައިފިއެވެ.
އެ ރަށު ކައުންސިލުން ތަރައްގީކުުރި އެ ޕާކް ހުޅުވީ އިއްޔެ އެވެ.
ކައުންސިލުން ބުނީ ވޯޓާ ޕާކް ހުޅުވުމާ ގުޅިގެން ހުޅުވި ފުރަތަމަ ހަފުތާގައި އެ ތަން ބޭނުން ކުރަން އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ. އެކަމަކު އެތަން ދެމެހެއްޓެނިވި ގޮތަކަށް ދަމަހައްޓައި ބެލެހެއްޓުމަށްޓަކައި ކުރިއަށް އޮތް ތަނުގައި ފީއެއް ނެގުމަށް ހަމަޖެހިފައިވެ އެވެ.
ކައުންސިލުން ބުނީ ފީގެ ކަންތައް އަލަށް އިންތިހާބުވި ކައުންސިލުން މި މަހުގެ 17 ގައި ހުވާ ކުރުމަށް ފަހު ގޮތެއް ނިންމާނެ ކަމަށެވެ.
ދ. އަތޮޅު އެއާޕޯޓް ވެސް އޮންނަ ކުޑަހުވަދު އަކީ އެ އަތޮޅުގެ އެންމެ ފާހަގަކޮށްލެވޭ އެއް ރަށެވެ. ކުޑަހުވަދު އަކީ މި ސަރުކާރުން އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާ ރަށްތަކުގެ ތެރޭގައި ވެސް ހިމެނޭ ރަށެކެވެ.
ކުޑަހުވަދޫ ވޯޓާ ޕާކް ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ