ދައުލަތުގެ މުސާރަތައް އެއްހަމަކުރުމުގެ (ހާމަނައިޒްކުރުމުގެ) ތެރޭގައި މުސާރަ ކުޑަވި މުވައްޒަފުންނަށް، ކުރިއަށް އޮތް މަހުގެ މުސާރައާއެކު އެ މައްސަލަ ހައްލުވެ، މުސާރަ ބޮޑުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ މުސާރަ ހާމަނައިޒްކުރި އިރު މުސާރަ ކުޑަވެގެން ކަންބޮޑުވުން ފާޅުކުރި މުވައްޒަފުންގެ ތެރޭގައި ލީގަލް މުވައްޒަފުންނާއި، އެޗްއާރް މުވައްޒަފުންގެ އިތުރުން ކައުންސިލްތަކުގެ މުވައްޒަފުން ހިމެނެއެވެ.
އެ މަނިކުފާނު ވިދާޅުވީ، ވެވަޑައިގެންނެވި ވައުދުފުޅަކީ މުސާރަ ހާމަނައިޒްކުރާއިރު މުސާރަތައް ބޮޑުވެގެންދިއުން ކަމަށެވެ. ނަމަވެސް، ޕޭ ކޮމިޝަނުން މުސާރަ ހާމަނައިޒްކުރުމުގެ މަސައްކަތް ނިންމި އިރު، ބައެއް މުސާރަތައް ބޮޑުވުމުގެ ބަދަލުގައި އެއްވަރުވެ، ބައެއް މަގާމުތަކުގެ މުސާރަ ކޮންމެވެސް މިންވަރަކަށް ކުޑަވެފައިވާކަން ފާހަގަކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.
ދައުލަތުގެ 93 އިންސައްތަ މުއައްސަސާ މިހާރު ވަނީ އާ ޕޭ ފްރޭމްވޯކަށް ބަދަލުކުރެވިފައެވެ. ބާކީ ހުރި މުއައްސަސާތައް ވެސް މި ނިޒާމަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ކޯޓު އަމުރާ ހިލާފުވި ކަމަށް ބުނެ ޝަހުޒާން ނޫސްވެރިންގެ ބައްދަލުވުމުން ނެރެފި އައްޑޫ ބިޒްނަސް ޑައިލޮގް: ވިޔަފާރިތަކުގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ފުރުސަތެއް ކޯޓު އަމުރުގެ ހުދޫދުން ބޭރުނުވުމަށް ސިޔާސީ ޕާޓީތަކަށް އީސީ އިން އަންގައިފި ރާއްޖޭގެ ދެކުނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ