ތާރާގެ އާ ލޯބިވެރިޔަކީ އަދިތްޔާ؟
ޒުވާން އެކްޓަރު ވީރު ޕަހާރިޔާއާ ވަކިވިކަމުގެ އަޑުތަކަށްފަހު، ބަތަލާ ތާރާ ސުތާރިއާ އާއި އެކްޓަރު އަދިތްޔާ ރޯއި ކަޕޫރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނާ ރިޕޯޓުތަކެއް ފެންމަތިވެއްޖެއެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ 'ފިލްމުފެއަ'ގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، މީގެ ކުރިން ބަތަލާ އަނަންޔާއާ އެކު ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވި އަދިތްޔާ އާއި ތާރާގެ ލޯބީގެ ގުޅުން އަދި އޮތީ ސިއްރެއްގެ ގޮތުގައެވެ. ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ 2"އިން ބޮލީވުޑަށް ތައާރަފްވި ބަތަލާއަށް ގިނަ ބައެއްގެ ސަމާލުކަން ލިބެންފެށީ ދާދިފަހުން އެކްޓަރު ވީރުއާ އެކު ލޯބީގެ ގުޅުމެއް ބޭއްވި ހިސާބުންނެވެ. ދެ މީހުންގެ ލޯބީގެ ގުޅުން ސޯޝަލް މީޑިއާގައި ރަސްމީކޮށް އިއުލާނުކުރި ނަމަވެސް އެ ގުޅުމަށް އަހަރެއްވާން ކައިރިވެފައި ވަނިކޮށް ދެ ތަރިން ވަނީ ވަކިވެފައެވެ. ނަމަވެސް އެކަން މިހާތަނަށް ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ. ތާރާ ކުރީގެ ލޯބިވެރިޔާ، އެކްޓަރު ވީރް ޕަހަރިޔާއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް ބޮލީވުޑްގެ އެކްޓަރުންގެތެރެއިން ޒުވާން އަންހެން ކުދިންގެ ސަމާލުކަން އެންމެ ބޮޑަށް ލިބޭ އަދިތް ރޯއި ކަޕޫރަކީ ވަރަށް ޕްރައިވެޓް ދިރިއުޅުމަކަށް ލޯބިކުރާ ފަރާތަކަށް ވުމުން ތާރާއާ ދެ މީހުންގެ ލޯބީގެ ގުޅުމާ ބެހޭގޮތުން ފެތުރިފައިވާ ޚަބަރުތަކަށް މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ތާރާ އާއި އަދިތްޔާގެ ލޯބީގެ ގުޅުމެއް އޮތް ކަމުގެ އަޑުތަކެއް އެރި ނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ، ބަތަލާގެ ރަސްމީ އިންސްޓަގްރާމްގައި އަދިވެސް ވީރްއާ އެކީ ނަގާފައިވާ ފޮޓޯތައް ފެންނަން ހުރިކަމެވެ. މިއީ ދެ ތަރިންގެ މެދުގައި އޮތް ގުޅުމަށް ރަސްމީކޮށް ނިމުމެއް އަދި ނާންނަކަމުގެ ހެއްކެއް ކަމަށް ވެސް ބައެއް މީޑިއާތަކުން ވަނީ ސިފަކޮށްފައެވެ. ތާރާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ކަންނާޑާ އެކްޓަރު ޔަޝްގެ ފިލްމު "ޓޮކްސިކް"ގެ ރޯލްއަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ