ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީން ދިރާސާކުރަމުންދާ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި އެވެ.
މި ބިލަކީ ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމް ހުށަހެޅި ބިލެކެވެ.
ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން، ރާއްޖޭގައި ޒާތީ މައުލޫމާތު އެއްކުރުމާއި ޕްރޮސެސްކުރުމާއި ބޭނުންކުރުމުގެ ނިޒާމެއް ގާއިމުކޮށް، ޒާތީ މައުލޫމާތު ނިސްބަތްވާ މީހުންގެ ހައްގުތަކާއި، މައުލޫމާތު އެއްކުރާ އަދި ޕްރޮސެސްކުރާ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅައި، އެ ފަރާތްތައް ރެގިއުލޭޓްކުރުމާބެހޭ އުސޫލުތައް ބަޔާންކުރުމެވެ.
ޒާތީ މައުލޫމާތު އެހެން ފަރާތްތަކާ ހިއްސާކުރުމާއި ޓްރާންސްފާ ކުރުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި ޒާތީ މައުލޫމާތު ޕްރޮސެސްކުރުމާ ގުޅޭގޮތުން އެ މައުލޫމާތު ނިސްބަތްވާ ޑޭޓާ ސަބްޖެކްޓުންގެ ހައްގުތައް ކަނޑައެޅުމަކީ މި ބިލްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
މި ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ވަނީ ޖުލައި އަށް ވަނަ ދުވަހުގެ މެންދުރުފަހު 02:00 އާ ހަމައަށް ހުޅުވައިލައިފަ އެވެ.
ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލަށް ހިޔާލު ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ