ސްޓޭޓްފާމާއަށް ބަދަލުކުރަން އެސްޓީއޯ ފާމަސީތައް ތިން ދުވަހަށް ބަންދު
ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ހިންގަމުން އައި ފާސަމީތައް ތިން ދުވަހަށް ބަންދު ކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.އެސްޓީއޯއިން ބުނީ އެ ކުންފުނިން ހިންގަމުންދިޔަ ފާމަސީތައް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑަށް ބަދަލުކުރުމަށްޓަކައި މާދަމާއިން ފެށިގެން ފާމަސީތައް ބަންދުވާނެކަމަށެވެ. އެގޮތުން މާދަމާއާއި މިމަހުގެ 25 އަދި 26 އެ ފާމަސީތަކުގައި ހުރި އިންވެންޓްރީ ކައުންޓު ކުރުއަށްގެންދިޔުމަށް ހަމަޖހެިފައިވާކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.ނަމަވެސް އެމަޖެންސީ ހާލަތުގައި ބޭސް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާނެކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ. މީގެ އިތުރުން އެ ފާމަސީތަކުގެ މަސައްކަތް ނިމުމުން އެތަންތަނުގެ ޚިދުމަތްދީ ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކޮށް ފޯރުކޮށްދިނުމުގެ މަސައްކަތް ސްޓޭޓް ފާމާއިން ކުރާނެއެވެ.އެސްޓީއޯ އިން ވަނީ މި ބަދަލާއެކު އެ ކުންފުނީގެ ދަށުގައި ހުރި ހުރިހާ ބޭސް ފިހާރަތަކެއް ސްޓޭޓް ފާމާއަށް ހަވާލުކުރަން ނިންމާފަ އެވެ. އަދި މުވައްޒަފުންވެސް ދެން ހަރަކާތްތެރިވާނީ އެ ކުންފުނީގެ ދަށުގަ އެވެ. މި ބަދަލާއެކު އެސްޓީއޯއަށް 1.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުނަަމަވެސް އޮޕަރޭޝަންގައި ގޮންޖެހުންތައް ގިނަ ބޭހުގެ ވިޔަފާރި ދޫކޮށްލުމުން އެސްޓީއޯގެ އޮޕަރޭޝަނަލް ލުއިތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ކުރިން ބުނެފައިވެ އެވެ. އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ ބޭސް ފިހާރަތައް އަންނަ ޖުލައި މަހުގެ 1ވަނަ ދުވަހު ދައުލަތުގެ ބޭސް ކުންފުނި، ސްޓޭޓް ފަރމާގެ ދަށަށް ބަދަލުކުރުމަށް ހަމަޖެހިފައިވާއިރު އެ ކުންފުނީގެ ފުރަތަމަ ފާމަސީ އައިޖީއެމްއެޗްގައި ވަނީ ހުޅުވާފަ އެވެ.ބޭސްފިހާރަތަކާ ހަވާލުވާއިރު ބޭސް ފިހާރުތަކުގައި ހުރި ސްޓޮކް އެނގޭނެހެން އެކަމަށް ބޭނުންވާ ސިސްޓަމް އިންސްޓޮލޭޝަން މަސައްކަތް ޖުލައި މަހުގެ ކުރިއަށް ނިންމާލެވޭނެ ކަމަށް ސްޓޭޓް ފަރމާއިން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ