ހޯޕް އައިލެންޑަކީ އެމްޑީޕީ ސަރުކާރުން އެކުލަވަލި މޮޑެލެއް، މިހާރު ވެސް އެ ރަށް ހަދަން ލަސްވެއްޖެ: ފައިސަލް
ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ކުޑަކުދިން އިސްލާހުކުރުމަށް ސަރުކާރުން ހޯޕް އައިލެންޑު ހަދަން މިހާރު ވެސް ލަސްވެއްޖެ ކަމަށާއި އެއީ، އެމްޑީޕީ ސަރުކާރުގައި ކުރަން ނިންމާފައިވާ ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ. ކުޑަކުދިން ކުށުގެ މާހައުލުން ދުރުކޮށް އެ ކުދިން ރަނގަޅު މަގަށް ގެނައުމަށް ރީހެބިލިޓޭޝަން ފެސިލިޓީއެއް ޤާއިމްކުރުމަށް ނިންމާފައިވާކަން ހޯމް މިނިސްޓަރު އަލީ އިހުސާން ހާމަކުރެއްވީ އޭޕްރީލް ހައެއް، 2024ގައެވެ. https://www.sun.mv/206462 އެ މަޝްރޫއު ހިންގަނީ، އުތުރުތިލަފަޅުގެ 15 ހެކްޓަރުގެ ބިން ހިއްކައިގެނެވެ. މި މަޝްރޫއަށް އިޝާރަތްކުރައްވައި ފައިސަލް އެކްސްގައި ލިޔުއްވާފައި ވަނީ، އެއީ އެމްޑީޕީގެ ސަރުކާރުން އެކުލަވާލާފައިވާ މޮޑެލް އޮތް ކޮންސެޕްޓެއް ކަމަށެވެ. އޭރު އެ މަޝްރޫއު ހިންގުމަށް ރާވާފައި އޮތީ، އެމްއެންޑީއެފާ ހަވާލުކޮށްގެން ލ. ކަޅައިދޫގައި ކަމަށް ފައިސަލްވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، އެ މަޝްރޫއު ހިންގުމަށް ޑިޒައިންކޮށްފައި އޮތީ ތަފާތު އެކި މަސައްކަތްތައް ދަސްކޮށްދޭ މަރުކަޒުތަކާއި ކުރާ މަސައްކަތްތަކަށް އާމްދަނީ ލިބޭނެ މަގު ހުޅުވިފައި އޮންނާނެ ގޮތަށް ކަމަށެވެ. އަދި، އެ މަރުކަޒުން ހިންގާ ޕްރޮގްރާމް ފުރިހަމަ ކުރާއިރު، އެ މީހަކަށް ވަޒީފާ ޔަގީންވެ ނުވަތަ މަސައްކަތެއް ކުރެވޭނެ ގޮތެއް ހޯދިފައިވާނެކަން ފައިސަލް ފާހަގަކުރެއްވިއެވެ. އިތުރަށް އޭނާ ލިޔުއްވާފައި ވަނީ، ހޯޕް އައިލެންޑުގެ މަޝްރޫއަކީ މުޖުތަމައުގެ ގިނަ މައްސަލަތަކަށް ހައްލު ލިބޭހެން ރޭވިފައި އޮތް މަޝްރޫއެއް ކަމަށާއި އެ ކަމުގެ ކޮންސެޕްޓު އެކުލަވާލެވުނު އިރު ވެސް ލަސްވެއްޖެ ކަމަށެވެ. އެމްޑީޕީ ސަރުކާރުގައި ހޯޕް އައިލެންޑުގެ މަޝްރޫއުގެ މަސައްކަތުގައި ފައިސަލް [މ] -- ފޮޓޯ/ ފައިސަލް ނަސީމް މިއަދު އަދި މިކަން ކުރުމަށް މާ ލަސްވެއްޖެ. ގައުމުގައި އޮތް އިޖްތިމާއީ މައްސަލައަށް އެޑްރެސްކުރަން ހުރި އިދާރާތަކަކީ، އެ އިދާރާއެއް ވަކިން މިފަދަ މަޝްރޫއުއެއް ހިންގުމަށް އެކަށޭނަ ތަންތަނަަށް ނުވާތީ، މިއީ ލަސްނުކޮށް ހުރިހާ އިދާރާތަކެއް އެކުވެ ކުރަންޖެހޭ ކަމެއް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ފައިސަލް ގަބޫލުކުރައްވާ ގޮތުގައި، މި ކަމާ ގުޅޭ ސަރުކާރުގެ އިދާރާއިން މޮނިޓާކޮށް، އެހެނިހެން އިދާރާތަކަށް އެހީތެރިކަން ދެވޭނެ ނިޒާމެއްގެ ތެރެއިން މި މަޝްރޫއު ހިންގުމަކީ ބޭނުންތެރި ކަމެކެވެ. މީގެއިތުރުން، ބައިނަލްއަގްވާމީ މިންގަނޑުތަކާއި އެއްގޮތަށް ރާއްޖޭގެ މާހައުލަށް އެކަށީގެންވާ ގޮތަށް ގޮތެއްގައި މި މަޝްރޫއު ހިންގިއްޖެނަމަ ފަސް އަހަރު ތެރޭގައި އެދެވޭ އިޖްތިމާއީ ނަތީޖާއެއް ނެރެވޭނެ ކަމަށް ފައިސަލް ދެކިވަޑައިގަންނައެވެ. ފައިސަލް އެ ފަދައިން ވިދާޅުވިއިރު، މިދިޔަ ހުކުރު ދުވަހު ރައީސް ޑރ. މުހައްމަދު ވަނީ، ގިނަ ދުވަސްތަކަކަށް ފަހު އެ މަޝްރޫއުގެ ބައެއް ތަފުސީލުތައް ދެއްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ، އެ މަޝްރޫގެ މަސައްކަތްތައް އެކި މަރުހަލާގައި ކުރިއަށްދާ ކަމަށާއި ފައިސާ ހޯދުމަށް ގިނަ ދުވަސްތަކެއްވި ކަމަށެވެ. އެ މަސައްކަތަށް އެދި ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރަމުން އަންނަ ކަމަށާއި ހޯޕް އައިލެންޑަކީ ކުށްކުރާ ކުދިން މަދު ކުރުމަށް އޮތް ޒަމާނީ އެއް ހައްލުކަން ރައީސް ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ