އެސްޓީއޯއިން ފިލިޕްސް ބްރޭންޑުގެ އޭސީ ތަޢާރަފްކޮށް، ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވުމާ ގުޅިގެން، ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ފިލިޕްސްގެ ސްޕްލިޓް ވޯލް-މައުންޓެޑް އޭސީތައް އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ތަޢާރަފްކޮށްފިއެވެ. މިއީ އިތުބާރު ހިފޭ، އާންމު ގެތަކަށާއި އޮފީސް މާހައުލުތަކަށް އެކަށޭނަ، ސްމާޓް ކޫލިންގް ސިސްޓަމެއް ފޯރުކޮށްދޭ އުފެއްދުމެކެވެ.
ޗައިނާގައި އުފައްދާ ފިލިޕްސް އޭސީތަކަކީ ފެންވަރު ރަނގަޅު، ގިނަ ދުވަހު ގެންގުޅެވޭ އަދި އަވަހަށް ފިނިކޮށްދޭ، ބޭނުންކުރަން ފަސޭހަ އުފެއްދުންތަކެއް ކަމަށް އެސްޓީއޯއިން ބުނެއެވެ. އެސްޓީއޯ ޖެނެރަލް ޓްރޭޑިންގްއިން މި ބްރޭންޑުގެ އޭސީތައް ތަޢާރަފްކުރުމާއެކު، ކަސްޓަމަރުންނަށް ޚާއްސަ ޕްރޮމޯޝަނެއްވެސް ވަނީ ހުޅުވާލާފައެވެ.
އެގޮތުން، ދެ ހަފްތާގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން، ފިލިޕްސް ބްރޭންޑުގެ އެކި ސައިޒުތަކުގެ އޭސީތަކުން ޚާއްސަ ޑިސްކައުންޓްތަކެއް ލިބިގެންދާނެއެވެ. އޭގެތެރޭގައި 9,000 ބީޓީޔޫ، 12,000 ބީޓީޔޫ، 18,000 ބީޓީޔޫ އަދި 24,000 ބީޓީޔޫގެ އޭސީތައް ހިމެނެއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ 28 ޖޫން 2026 އިން ފެށިގެން 11 ޖުލައި 2026 ގެ ނިޔަލަށެވެ. ފިލިޕްސް ބްރޭންޑުގެ ހުރިހާ އޭސީތަކެއްވެސް މިހާރު އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާއިން ލިބެން ހުންނާނެކަމަށް އެސްޓީއޯއިން މަޢުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ