ތުއްތުކުއްޖަކު މަރާލި މައްސަލައިގަ ބައްޕައަށް ފަސް އަހަރު، މާމަ އަށް ތިން އަހަރުގެ ޖަލު ހުކުމެއް

ވިހެއި ތަނުން ތުއްތު ކުއްޖަކު މަރާލިކަން ސާބިތުވެ، އެ ކުއްޖާގެ ބައްޕައާއި، މާމައާއި، މާމަގެ ލޯބިވެރިޔާ ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.
ދެހާސް ނަވާރަ ވަނަ އަހަރުގެ ތެރޭގައި ވިހާފައި ތުއްތު ކުއްޖަކު މަރާލި މައްސަލައިގައި ދައުލަތުން ދައުވާ ކުރީ ތިން މީހެއްގެ މައްޗަށެވެ. މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ އދ. މާމިގިލި، ގްރީންލައިޓް، އާއިޝަތު ޝާއިރާ އާއި، އޭނާގެ ލޯބިވެރިޔާ ތ. މަޑިފުށި، ސޯސަންވިލާ، މުހައްމަދު އިމްތިޔާޒް އަދި ހއ. ފިއްލަދޫ، ޝެޑޯ، މޫސާ އަހްސަމްގެ މައްޗަށެވެ. މި ތިން މީހުންގެ މައްޗަށް ވެސް ކުށް ސާބިތުވެފައިވަނީ އެ މީހުންގެ އިއުތިރާފުންނެވެ.
ޝާއިރާގެ ލޯބިވެރިޔާ މުހައްމަދު އިމްތިޔާޒުގެ މައްޗަށް ސާބިތުވީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން އޭނާގެ މައްޗަށް ވެސް ވަނީ ދެ އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. ކްރިމިނަލް ކޯޓުން މި މައްސަލައިގެ ހުކުމްތަކުގެ ތަފްސީލު މިހާރު އެ ކޯޓުގެ ވެބްސައިޓުގައި ޝާއިރު ކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ