ފުލުހުންގެ ތަރުޖަމާނުގެ މަގާމުގައި ހުންނެވި އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝިފާން މިއަދު ވަކިކޮށް، އެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އާރިފް އައްޔަންކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނީ، މި ބަދަލާ އެކު މީޑިއާތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި ފުލުހުންގެ ފަރާތުން އާންމުންނާ ކުރާ މުއާމަލާތްތަކުގައި އެންމެ އިސްކޮށް ދެން ހަރަކާތްތެރިވާނީ ސުޕްރިންޓެންޑެންޓް އާރިފް ކަމަށެވެ.
ތަފްސީލް - ތަރުޖަމާނުގެ މަގާމުން ޝިފާން ވަކިކޮށް އާރިފް އައްޔަންކުރީ ސީދާ ކޮން ކަމަކާ ގުޅިގެން ކަމެއް ޔަގީނެއް ނޫނެވެ.
މި ބަދަލު ގެނެސްފައި މި ވަނީ ފުލުހުންގެ އެތެރޭގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް، ބައެއް ބަހާތަކުގެ ވެރިންގެ ގޮތުގައި ތިބި ފަރާތްތައް ބަދަލު ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
ފާހަގަކޮށްލެވޭ - ޝިފާން ތަރުޖަމާނުކަމުން މިއަދު ވަކިކޮށްފައިވާއިރު، މިދިޔަ މަސް ތެރޭ ފުލުހުންގެ ކޮމިޝަނަރު ބިއުރޯގެ ވެރިޔާގެ މަގާމަށް އޭނާ ހަމަޖެއްސުމަށް ފަހު، މާ ގިނަ އިރުތަކެއް ނުވެ އެ މަގާމު ވަނީ އަތުލާފަ އެވެ.
ޝިފާން ވަކިކޮށް ފުލުހުންގެ ތަރުޖަމާނަކަށް އާރިފް އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ