ހުޅުމާލޭ ފަޅުތެރެއަށް ފޭބި މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ

ހުޅުލޭ ސީ ޕްލޭން ޓާމިނަލްގެ އުތުރުން އޮންނަ ފަޅުގައި އަޅާފައި އޮތް ތެޔޮ ބާޖަކުން މޫދަށް ފޭބި ފަޅުވެރިޔާ ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ރޭ އިރުއޮއްސުނު އިރު މޫދަށް ފޭބި މީހާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ މިއަދު ހެނދުނު އެވެ. އެމްއެންޑީއެފް އިން ބުނީ ހުޅުލޭ ސީ ޕްލޭން ޓާމިނަލްގެ އުތުރުން އޮންނަ ފަޅުގައި އަޅާފައި އޮތް ތެޔޮ ބާޖަކުން މޫދަށް ފޭބި ފަޅުވެރިޔާ ހޯދަމުން ދަނިކޮށް، ހުޅުމާލޭ ފަޅުތެރެއިން އޭނާ ފެނިފައިވާ ކަމަށެވެ.
ފެނުނުއިރުވެސް އޭނާ އޮތީ ނިޔާވެފައެވެ. މިހާދިސާގައި ނިޔާވެފައި ވަނީ 48 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާ ހޯދުމުގެ އޮޕަރޭޝަންގައި އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސަރވިސް އަދި އެއާޕޯޓްގެ ރެސްކިޔު ޓިމުތައް ވަނީ ހަރަކާތްތެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ