ހޮސްޕިޓަލުން ފިލި ގައިދީ ހައްޔަރުކޮށްފި

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޝަހްބާން އަތުލައިގަތީ އޭނާ ދިރިއުޅޭ ގޭގައި ފިލައި އޮއްވައެވެ. ފުލުހުން ވިދާޅުވީ ޝަހްބާން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު، މިހާރު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައިވާ ކަމަށެވެ.
ޝަހްބާނަކީ މިދިޔަ މާޗް މަހު މާލޭ ގަލޮޅުގައި ފަޅަށް ހުންނަ ގެއެއް ކަމަށްވާ "ހިޔާރޯދި" ގޭގެ ފުރަތަމަ ފަންގިފިލާގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި މީހެކެވެ. އޭނާގެ ބަލިހާލަތަށް ބަލައި ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައީ ބަންދުގައި ހުއްޓައެވެ.
މި ހާދިސާއާ ގުޅިގެން ޝަހްބާން އެ ގެއަށް ވަދެ ނުކުމެ ހަދާ މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖެއް މީގެ ކުރިން ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، ކަޅު ކުލައިގެ ވޭވް ސައިކަލެއްގައި ދިޔަ މީހަކު ސައިކަލު ޕާކު ކުރުމަށްފަހު އެ ގެއަށް ވަދެއެވެ. ކަޅު އަވި އައިނެއް އަޅައިގެން ހުރި އެ މީހާ ލައިގެން ހުރީ ހުދާއި ކަޅު ކުލައިގެ ގޮޅިޖެހި ގަމީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ