ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައުޔޫމްގެ ކެންޑިޑޭސީ ބަލައިނުގަތުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމި މައްސަލަ، ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އެ ޕާޓީން ނިންމައިފިއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން އީސީ އަށް ހުށަހެޅުއްވި ހުށައެޅުން، ޤަބޫލުނުކުރުމަށް އެ ކޮމިޝަނުން ނިންމެވި ނިންމެވުމަކީ ސައްޙަ ނިއްމެވުމެއް ނޫންކަމަށެވެ.
އެހެންކަމުން އިންތިޚާބާބެހޭ ޢާއްމު ޤާނޫނުގެ ދަށުން، މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރީގެ ރައީސް ޔާމިންގެ ވަކީލުންގެ ޓީމުން ކުރަމުންދާކަމަށެވެ. އަދި އީސީގެ ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށް، ޔާމީންގެ ކެންޑިޑޭސީގެ ޞައްޙަކަން ކަށަވަރު ވެގެންދާނެކަމާމެދު އެ ކޯލިޝަނުން ޝައްކު ނުކުރާކަމަށްވެސް ބަޔާނުގައި ފަހަގަކޮށްފައިވެއެވެ.
ރައީސް ޔާމީންގެ ކެންޑިޑޭސީއާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން މިހާރު މަސައްކަތްކުރަމުންދާއިރު، ރިިޔާސީ އިންތިޚާބުގައި ވާދަކުރާ ބޭފުޅެއްގެ ކެންޑިޑޭސީއާ ގުޅޭ މައްސަލައެއް ހުށަހެޅިއްޖެނަމަ 7 ދުވަސް ތެެރޭގައި އެ މައްސަލައާމެދު ވަކި ގޮތެއް ނިންމަވަންޖެހެއެެވެ.
ޔާމީންގެ ކެންޑިޑޭސީ ފޯމް ބަލައިނުގަތުމުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ