ޤާސިމްގެ މެނިފެސްޓޯ: އަޅުވެތިކަމަށް ޖާގައެއް ނުދޭނަން: ގާސިމް

ރާއްޖޭގެ މިނިވަންކަމާއި އިގުތިސޯދު ވަރަށް ނާޒުކު ފައްތަރެއްގައި އޮތް އިރު، ގައުމު ސަލާމަތް ކުރުމަށް މާދަމާ ރައްޔިތުން ވޯޓު ދިނުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް އާދޭހާ އެކު އެދިވަޑައިގެންފި އެވެ.ރާއްޖޭގެ މިނިވަންކަން ދިވެހިންގެ އަތްމަތީ ނެތް ކަމަށްބުނެ ގިނަ ފަރާތްތަކުން ސިޔާސީ ޕޯޑިއަމްތަކުގައި ދައްކާލާ ދެތިން ޖުމްލައިގެ ވާހަކަތަކަށް އަމަލީ އެއްވެސް ސިފައެއް މިހާތަނަށް އައިސްފައެއް ނުވެއެވެ.ރާއްޖޭގެ މިނިވަންކަން ގެއްލޭ ގޮތަށް ރާއްޖޭއެކި ސަރަހައްދުތަކުގައި އިންޑިއާ ސިފައިން ޤާއިމުވެގެން ތިބޭ މައްސަލައިގައި ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ރިޔާސީ ގަރާރެއް ނެރުއްވައި އެކަން ހުއްޓުވާފައެވެ. އަދި އިންޑިއާ ސިފައިން ބޭރުކުރަން ގޮވުމުގެ ނަތީޖާއަކީ އެ ގައުމުން ކާޑުގެ ބާވަތް ނުލިބި ދިވެހިން ބަނޑަށްޖެހުން ކަމަށްބުނެ ސަރުކާރުންވަނީ ރައްޔިތުންނަށް ބިރު ދައްކާފައެވެ.ރައީސް ޞާލިހްގެ ސަރުކާރުންވަނީ ވަނީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދުވެސް ސިއްރުކޮށްފައެވެ. އަދި ޑިޕްލޮމެޓުންނަށް ދޫކޮށްފައިވާ ޑިޕްލޮމެޓިކް ނަމްބަރު ބޯޑުތައް ޖަހާފައި ހުންނަ އުޅަނދުތައް ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ އެންމެ މަތީ މަރުކަޒަށް ކޮންމެ ދުވަހަކު ވަންނަނީ ކޮން ހައިސިއްޔަތަކުންތޯ އާއި އިންޑިއާއިން ރައީސް ސާލިހް ވެރިކަމަށް ގެންނަން ފައިވިއްދައިގެން އުޅެނީ ކީއްވެތޯ ސިޔާސީ ފަރާތްތަކުން ވަނީ ސުވާލު އުފައްދަވާފައެވެ. ކިތަންމެ ވަރަކަށް ސިއްރުކުރަން އުޅުނަށް ސަރުކާރުގެ މައްޗަށް އިންޑިއާގެ ނުފޫޒު ގަދަވެފައިވާ ކަމަށް މަސްރަހު ދިރާސާކުރައްވާ ބޭފުޅުން އަންނަނީ ވިދާޅުވަމުންނެވެ. ރާއްޖޭގެ މިނިވަންކަން ގެއްލޭ ގޮތަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންޑިއާ ސިފައިން ޤާއިމުވެގެން ތިބޭ މައްސަލައިގައި ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ރިޔާސީ ގަރާރެއް ނެރުއްވައި އެކަން ހުއްޓުވާފައެވެ.ހާލަތު މިހެން އޮތް އިރު، ގާސިމް ތުހުމަތު ކުރެއްވި ގޮތުގައި، ވެރިކަމުގައި ތިބި ފަރާތްތަކުން ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ހިލާފަށް މުޅި ދައުލަތުގެ ނިޒާމުތައް ފެއިލްކޮށް، ކަރަޕްޝަންގެ ތެރެއިން ވަކި ބަޔަކަށް މަގުފަހި ކޮށްދިނުން ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.އެހެންކަމުން ކޮރަޕްޝަނާއި ހިޔާނާތުން ދުރުވެ، ދަރަނީގެ ދަންތޫރައިން ސަލާމަތްވެ، ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ރާއްޖެއިން ބޭރުކޮށް، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން މޮރިޝަސް އަށް ދޫކޮށްލި ބައި އަލުން ހޯދުމަށް މަސައްކަތް ކޮށް، އިގުތިސޯދު ހަމަ މަގަށް އެޅުވުމަށް އޭނާއަށް ވޯޓު ދިނުމަށް ސިޓީގައި އެދިވަޑައިގެންނެވި އެވެ."...ތަޖްރިބާގެ އަލީގައި ޔަގީންކަމާއެކު، ގައުމު ހަމަމަގަށް އެޅުވުމަށް، އަޅުގަނޑު ގާސިމް އިބްރާހީމް އަށާއި، އަޅުގަނޑުގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމް އަށް (ކެނޑިޑޭޓް ނަންބަރު 5) ވޯޓުދެއްވުމަކީ އަޅުގަނޑުމެންގެ ނުހަނު އިހްލާސްތެރި އާދޭހެކެވެ."މިނިވަންކަމުގެ ދިފާއުގައި މީގެ ކުރިން ޝަހީދުވެދިޔަ އަބްތާލުންގެ ފަސްފަހަތްޕުޅުން ހިންގަވާ އެބޭފުޅުން ޝަހީދުވެދިޔައީ ބޭކާރުގޮތެއްގައި ނޫންކަން ވިސްނަވައި އެބޭފުޅުންގެ އަގުވަޒަންކުރައްވާ ކެންޑިޑޭޓެއް މިފަހަރުގެ އިންތިހާބުގައި ޤާސިމް ނޫނީ ފެންނަން އެބަހުރިބާވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ