ގާސިމް ގެ ރަނިންމޭޓަކަށް އަމީން!

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގެ ރަނިންމޭޓަކަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހިމް ހަމަޖައްސަވައިފި އެވެ.
މިހާރު ކުރިއަށްދާ ޖޭޕީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމްގެ ރަނިންމޭޓަކަށް އަމީން ހަމަޖައްސަވާފައިވާ ކަން ގާސިމް ވަނީ އިއުލާން ކުރައްވާފައެވެ. އެކަމަށްޓަކައި އަމީން ވަނީ ގާސިމަށް ޝުކުރުވެސް އަދާކުރައްވާފައެވެ. 
އަމީން އަކީ ގާސިމްގެ ކެމްޕެއިން ހަރަކާތްތަކުގައި ވަރަށް އިސްކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ، އަބަދުވެސް ގާސިމް އާއި ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެކެވެ. އޭނާ އަކީ ޖޭޕީގެ ހަތަރު ޑެޕިއުޓީ ލީޑަރުންގެ ތެރެއިން އެންމެ އިސް އެއް ޑެޕިއުޓީ ލީޑަރެވެ. އަދި ގާސިމްގެ އުތުރު ކެމްޕެއިން މެނޭޖަރު ކަން ވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
Advertisement
އަމީން ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޓްރާންސްޕޯޓް މިނިސްޓަރު ކަން ކުރައްވައިފައެވެ. މީގެ އިތުރުން އޭނާ ވަނީ ޖެންޑަ މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ ގައިވެސް މަސައްކަތް ކުރައްވާފައެވެ. ހަމަ އެހެންމެ، އެމްޓީސީސީ ބޯޑު ޑިރެކްޓަރުގެ މަގާމު ވެސް ވެރިއަކަށް ވެސް އަމީން މަސައްކަތް ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ