އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ ފަންނީ މީހުންގެ މުސާރައަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުން މިރޭ ސޯސަން ޖަގަހަ ގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މުސާރައަށް ބަދަލު ގެންނައިރު ހަމަހަމަކަމާއެކު އެކަން ކުރުމަށް ބައްލަވާ ކަމަށެވެ. އެގޮތުން އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ މީހުންނަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށާއި އެ މީހުންގެ މުސާރަ ރިވިއު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.
"ޕައިލެޓުންނާއި އިންޖިނިއަރުންނާ އަދި ކްރޫ އިންނާ އެހެން ގޮސް އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ އެތައް ބައިވަރު މުވައްޒަފުންނެއް އެބަ އުޅޭ. މިހާރު އަޅުގަނޑުމެން ވާނީ އޭވިއޭޝަން ދާއިރާގެ މުސާރަ ރިވިއު ކުރުމުގެ މަސައްކަތްތަކެއް ފަށާފައި. ލަސްތަކެއް ނުވެ އިރާދަކުރެއްވިއްޔާ އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ޕައިލެޓުންނާއި އިންޖިނިއަރުންނާއި އެއާ ކްރޫ އިންނާ މިހެން ގޮސް މި ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ބޭފުޅުންނަށް މުސާރައިގެ ކުރިއެރުމެއް ލަސްތަކެއް ނުވެ ލިބިދާނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،" ރައީސް ވިދާޅުވިއެވެ.
އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެންނާނެކަން ރައީސް އިއުލާނު ކުރެއްވި އިރު، އަންނަ ޖެނުއަރީ މަހުން ފެށިގެން ފުލުހުންނާއި ސިފައިންނާއި ސިވިލް ސާވަންޓުން އަދި އެހެން ދާއިރާތަކުގެ މުސާރަތައް ބޮޑުކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު ވަނީ ވައުދުވެވަޑައިގެންފައެވެ.
އޭވިއޭޝަން ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ