ފެނަކައިން ނިމާލް ވަކިކޮށް، އެމަގާމަށް ތިމަރަފުށި ދާއިރާގެ ކުރީގެ މެމްބަރު

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ނިމާލް އެމަގާމުން މިއަދު ދުރުކޮށް، އެ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް ތިމަރަފުށި ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ޝަރީފް އައްޔަނު ކުރައްވައިފި އެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު "ސަން"އަށް ވިދާޅުވީ، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު ނިމާލް ވަކިކުރައްވައި، އެ މަގާމަށް ތ. ތިމަރަފުށީ، މާލޭގެ، އަހްމަދު ޝަރީފް އައްޔަނު ކޮށްފައިވާ ކަމަށެވެ. ފެނަކައިގެ އެމްޑީކަމަށް އައްޔަނު ކުރި ކުރީގެ ތިމަރަފުށި މެމްބަރު ޝަރީފް ޝަރީފް މިހާތަނަށް ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމުގަ އެވެ. ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރުކަމުން ނިމާލް ވަކިކޮށްފައިވާ އިރު، އޭނާއަކީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމު އެންމެ ފުރަތަމަ ހުންނެވި ފަރާތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ