މާދަމާއިން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަހު މޫސުން އިތުރަށް ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މުސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ބުނެފިއެވެ.
އަދި މި ދުވަސްވަރު ކަނޑު ގަދަވުމުގެ ސަބަބުން ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށާއި ދެކުނާއި މެދުރާއްޖެތެރޭގެ އިތުރުން، އުތުރުގެ ރަށްތަކަށްވެސް މޫސުން ކޮންމެވެސް ވަރަކަށް ގޯސްވާނެކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.
މެޓުން ބުނިގޮތުގައި މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އަލިވާނެކަމަށް ލަފާކުރެވެނީ އަންނަ ހަފްތާގެ ހޯމަދުވަހުން ފެށިގެންނެވެ. އެހެންވެ ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.
މާދަމާއިން ފެށިގެން މޫސުން އިތުރަށް ގޯސްވާނެ: މެޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ