މެންބަރު ޝުޖާއު 8 މިލިއަނަށް ހުޅުމާލޭން ބިމެއް ބައްލަވައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ހުޅުމާލެ އިން 8 މިލިއަން ރުފި ޔާއަށް ބިމެއް ބައްލަވައިގެންފި އެވެ.މެންބަރު ޝުޖާއު ހުޅުމާލެ އިން ބައްލަވައިގަތީ 2،196 އަކަފޫޓުގެ ބިމެކެވެ.މި ބިމުގެ އަގަށްވާ 8،785،480 ރުފިޔާ އެޗްޑީސީއަށް ދައްކައި ޝުޖާއު މިހާރު ވަނީ ކޯޓު މެދުވެރިކޮށް ބިން މިލްކު ކުރައްވާފަ އެވެ.ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރަކީ ކުރިންވެސް މަޖިލީހުގެ މެންބަރުކަން ކުރައްވާ އަދި އަމިއްލަ ވިޔަފާރިވެސް ކުރައްވާ ބޭފުޅެކެވެ. އަދި ޝުޖާއު ވަނީ ކުރިން މާލެ ސިޓީ ކައުންސިލްގެ މެންބަރުކަން ވެސް ކުރައްވާފައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ