ސުޕްރީމް ކޯޓު އަދި ހައިކޯޓު ވެސް އެއް މަސްދުވަހުގެ ރިސެސްއަކަށް ދަނީ
މާދަމާއިން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ސުޕްރީމް ކޯޓާއި ހައިކޯޓުން ރިސެސްއަށް ދިއުމަށް ނިންމައިފި އެވެ.ދިވެހިރާއްޖޭގެ ހައި ކޯޓު، އެއް މަސްދުވަހުގެ މުއްދަތަށް ރިސެސްއަށް ދާނެކަން އެކޯޓުން ހާމަކޮށްފިއެވެ. ހައިކޯޓު ރިސެސްއަށް ދާނީ ޑިސެމްބަރު 1 އިން 31ގެ ނިއަލަށެވެ.ހައިކޯޓު ރިސެސްއަށް ދިޔަނަމަވެސް އެމުއްދަތުގެ ތެރޭގައި ބައެއް ބާވަތްތަކުގެ މައްސަލަތައް ކުރިއަށް ގެންދިއުމަށް އެކޯޓުގެ ފަނޑިޔާރުންގެ އާއްމު މަޖިލީހުން ވަނީ ނިންމަވާފައެވެ.މިމުއްދަތުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ޤާނޫނުގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ ބާވަތުގެ މައްސަލަތަކާއި، ޙުކުމްކުރުމަށް ބާއްވާ ޝަރީޢަތުގެ މަޖިލިސްތަކާއި، އަވަސް ޠަބީޢަތު މައްސަލަތަކެވެ.ކޯޓުތަކުގެ ޤާނޫނުގައިވާ ގޮތުގެމަތިން، ޑިސެމްބަރު އެކަކުން އަންނަ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުވެސް އޮންނާނީ ރިސެސްގައެވެ. ސުޕްރީމް ކޯޓުގެ ރިސެސްގެ މުއްދަތުގައި މައްސަލަތަކުގެ ޝަރީއަތުގެ އަޑުއެހުން ނުބޭއްވި ކަމުގައިވީ ނަމަވެސް، ކޯޓަށް މައްސަލަތައް ބަލައިގަތުމާއި، އެނޫންވެސް އިދާރީ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެއެވެ. ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުން, ކޯޓުތައް ރިސެސްއަށް ދިޔަ ނަމަވެސް އިދާރީ މަސައްކަތްތަކާއި މައްސަލަ ބަލައިގަތުން މެދުކެނޑުމެއްނެތި ކުރިއަށްގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ