ގައުމީ ވިސްނުން ހަރުދަނާކުރަން ރައީސް އިސްކަންދެއްވަނީ ދިވެހީންގެ ސަލާމަތަށްޓަކައި: އާދަމް ނަސީރު
ދިވެހީންގެ ހިތްތަކުގައި ޤައުމީ ވިސްނުން ހަރުދަނާކުރައްވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވަނީ ދިވެހީންގެ ސަލާމަތް ކަށަވަރު ކުރެއްވުމަށްޓަކައި ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ރޭ ވިދާޅުވެއްޖެއެވެ. މި އަހަރުގެ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ރޭ އިސްލާމީ މަރުކަޒުގެ ހޯލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ، ހުރިހާ ޒަމާނެއްގައި ދުނިޔޭގައި ދައުލަތެއް އުފެދެނީ ޤައުމެއް ދިފާއުކުރުމަށް ކުރެވޭ މަސައްކަތްތަކެއްގެ ސަބަބުން ކަމަށެވެ. އެ ދައުލަތެއް ދެމިއޮންނަނީ ގައުމުގެ ދިފާއުގައި މެދުނުކެނޑި ކުރާ ޚާއްސަ މަސައްކަތްތަކެއްގެ ސަބަބުން ކަމަށާއި އެ ކަމުގައި އެތައް ބައެއްގެ ފުރާނަ ޤުރުބާންކުރަން ޖެހޭ ކަމަށް އާދަމް ނަސީރު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު އާދަމް ނަސީރު ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މާހިލް އާތިފް ރާއްޖޭގެ ތާރީޚަށް އަލިއަޅުވާލައްވައި ވަޒީރު ވިދާޅުވީ، ދިވެހީންގެ ދިފާޢުގައި އެތައް ހަނގުރާމައެއް ކުރަން ޖެހިފައިވާ ކަމަށެވެ. މި ގޮތުން، އެ އިން ކޮންމެ ފަހަރަކު ވެސް ބޭރުގެ ހަމަލާތައް އައީ ދިވެހި ދައުލަތް ނަތްތާލުމަށް ނުވަތަ ދައުލަތުގެ މައްޗަށް އަތްގަދަކުރުމަށްކަން އޭނާ ފާހަގަކުރެއްވިއެވެ. އެ ހަމަލާތައް ދިފާޢުކުރީ ދިވެހި ދައުލަތް ސަލާމަތްކުރުމަށް ކަމަށް އާދަމް ނަސީރު ވަނީ ވިދާޅުވެފައެވެ. އިތުރަށް ވަޒީރު ވިދާޅުވީ، ދައުލަތެއް ދިފާޢުވަނީ އެ ޤައުމުގެ ރައްޔިތުންގެ ވިސްނުމުގައި އެ ދައުލަތެއްގެ ޤަދަރާއި އަހަންމިއްޔަތުކަންމަތީ ދަރަޖައަކަށް އޮވެގެން ކަމަށާއި ހަތިޔާރާއި ވަސީލަތުގެ ގޮތުން ތައްޔާރުވެ ތިބެވިގެން ކަމަށެވެ. އެ ހާލަތުގައި ރައްޔިތުން ދެމި ތިބެނީ އެ ބައެއްގެ ޤައުމީ ވިސްނުން ނުވަތަ އެބައެއްގެ ހިތުގައި ޤައުމިއްޔަތުގެ ވިސްނުމާއި ރޫޙު ވަރަށް ރަނގަޅަށް އަށަގެންފައި އޮވެގެންކަން އޭނާ ފާހަގަކުރެއްވިއެވެ. ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤައުމީ ސިޔާސަތުގައި ރައްޔިތުންގެ ސިކުނޑިތައް ޤައުމާ އެއްކޮޅަށް ބިނާކުރެއްވުމާއި ދިފާޢީ ގޮތުން ވެސް ވަސީލަތްތަކާއި އެހެނިހެން ކުރިއެރުންތައް ގެންނަވަނީ ދިވެހީންގެ މިނިވަންކަމާއި އިސްތިޤުލާލާއި ސިޔާސަތު އެތައް ގުނައަކަށް ވަރުގަދަކުރައްވައި ދިވެހީންގެ ސަލާމަތް ކަށަވަރު ކަށަވަރުކުރެއްވުމަށް ޓަކައިދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް އެއާއެކު ދުނިޔޭގައި އަބަދު ވެސް ތަފާތު އޮއިވަރުތައް ހިނގާނެ ކަމަށާއި އެ ކަންކަމަށް ހޭލުންތެރިވެ ތިބެ، ދީނާއި ޤައުމާއި ދައުލަތް ދިފާޢުކުރުމުގެ މަސްއޫލިއްޔަތު އަބަދު ވެސް އުފުލަން ޖެހޭނީ އަމިއްލައަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. ޝަހީދުންގެ ދުވަސް ފަދަ ދުވަސްތައް ޤައުމީ ފެންވަރުގައި ފާހަގަކުރައްވަން ސަރުކާރުން އިސްކަން ދެއްވަނީ ތާރީޚުގެ މި ފަދަ ޙަޤީޤަތްތައް ޖީލުތަކަށް ފޯރުކޮށްދިނުމަށް ކަމަށް އާދަމް ނަސީރު ފާހަގަކުރެއްވިއެވެ. އަދި، އަބަދުވެސް ރައްޔިތުންގެ ހިތްތަކުގައި ޤައުމީ މަސްލަޙު އިސްކުރުމުގެ ރޫޙު އަށަގެންނެވުމަށް ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ