މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަން ހިނގީ ފަތިހު 4:00 ހާއިރުއެވެ. އެ މީހާ ވަގަށް ގެންގޮސްފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް އެޑްރެސްކޮށް ފޮނުވާފައި ހުރި ދެ ޕާރުސަލެވެ. އެ ވަގުތު ޑިއުޓީގައި ތިބި މުވައްޒަފަކު އެ މީހާގެ ފަހަތުން ދުުވި ނަމަވެސް، އޭނާ ވަނީ އެއަރޕޯޓުގެ ހޭޅިފަށުން ދުވެފައި ގޮސް ސައިކަލެއްގައި ފިލާފައެވެ. އެ ސައިކަލުގައިވެސް ހުރީ ކާކުކަން ނޭނގޭ ގޮތަށް ފޮތި އޮޅާފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ހޯރަފުށީ އެއަރޕޯޓު ހިންގުމާ ހަވާލުވެ ހުންނެވި އަހުމަދު ވަލީދު ވިދާޅުވީ މައްސަލަ ބަލަމުންދާތީ އިތުރު މައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ. މީގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުންވެސް ބީއެމްއެލްގެ ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާކަން ފާހަގަކޮށްލެވެއެވެ.
މާލެ މަގުމަތިން ވަޅިން ބިރުދައްކާ ފޭރުނު ވާދޫ މީހަކު ހައްޔަރުކޮށްފި ވަޅިން ބިރު ދައްކައިގެން ފައިސާ އާއި ފޯނުތައް ފޭރިގެންފި މޫނު ނިވާކޮށްގެން ތިބި ބަޔަކު ތިނަދޫގެ ގެޔަކަށް ވަދެ ފޭރިގެންފި ސައިކަލް ޕާކް ކުރުމަށްފަހު ތަޅުދަނޑި ނުނަގާދެވޭތަ؟މިއޮތީ ފުލުހުންގ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ