އިންޑިއާއިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދޭން ބަޖެޓު ކުރި އަދަދު މިދިޔަ އަހަރަށްވުރެ މަދު އިންޑިއާއިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދޭން ބަޖެޓު ކުރި އަދަދު މިދިޔަ އަހަރަށްވުރެ މަދު

ކުރިއަށް އޮތް މާލީ އަހަރު ބޭރުގެ ގައުމުތަކަށް އިންޑިއާއިން ދެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ދޭ އެހީގެ ގޮތުގައި މިދިޔަ އަހަރަށްވުރެ މަދު އަދަދެއް ބަޖެޓު ކޮށްފި އެވެ.
އިންޑިއާގެ 2027-2026 އަށް އެކުލަވާލާފައިވާ ބަޖެޓު އެ ގައުމުގެ މަޖިލީހަށް މިހާރު ވަނީ ހުށަހަޅާފަ އެވެ. އިންޑިއާގެ މާލީ އަހަރު ގުނަނީ ކޮންމެ އަހަރެއްގެ އެޕްރީލުން ޖެހިގެން އަންނަ އަހަރުގެ މާޗުގެ ނިޔަލަށެވެ.
މިހާރު ހުށަހަޅާފައިވާ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ދޭން ކަނޑައަޅާފައި ވަނީ 560 ކްރޯޑު އިންޑިއާ ރުޕީސް އެވެ. ޑޮލަރުން ބަލާނަމަ، އެއީ 62 މިލިއަން އެމެރިކާ ޑޮލަރެވެ.
މިދިޔަ އަހަރު އިންޑިއާއިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދޭން ބަޖެޓުކުރީ 600 ކްރޯޑް ރުޕީސް އެވެ. ނަމަވެސް މިހާރު ހުށަހަޅާފައިވާ ބަޖެޓުން އެނގޭ ގޮތުގައި މި ނިމޭ މާލީ އަހަރު އެ ގައުމުން ރާއްޖެއަށް 625 ކްރޯޑް ރުޕީސް ދިނެވެ. އެއީ 69 މިލިއަނެއްހާ އެމެރިކާ ޑޮލަރެވެ.
އިންޑިއާއިން ރާއްޖެއަށް ބޮޑު އަދަދެއްގެ ހިލޭ އެހީ ދޭން ނިންމާފައިވާއިރު، އެ ގައުމުން ދަނީ ރާއްޖޭގައި ބޮޑެތި މަޝްރޫއުތަކެއް ހިންގަމުންނެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެެނީ ތިލަމާލެ ބުރިޖުގެ މަޝްރޫއެވެ.
އެއީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދޭ ގޮތަށް ހިންގާ މަޝްރޫއެކެވެ. އަދި އެހެން މަޝްރޫއުތަކަކީ އިންޑިއާ އެގްޒިމް ބޭންކުން ލޯނު ނަގައިގެން ހިންގާ ޕްރޮޖެކްޓުތަކެކެވެ.
ކުރިން ވެރިކަމުގައި އޮތް އެމްޑީޕީގެ ސަރުކާރުން އިންޑިއާއާއެކު ވަރަށް ގާތް ގުޅުމެއް ބާއްވައި، ހާރިޖީ ސިޔާސަތުގެ ގޮތުގައި “އިންޑިއާ ފަސްޓް” ޕޮލިސީ ގެންގުޅުނު ނަމަވެސް މި ސަރުކާރު ވެރިކަމަށް އައުމަށްފަހު އިންޑިއާ އާ އޮތް ޒަމާންވީ ގުޅުމަށް ބުރޫ އަރައިގެންދިޔަ އެވެ.
އެހެންނަމަވެސް ރާއްޖޭގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެ، ރާއްޖެއަށް ބޭނުންވާ ބޭރުގެ އިންވެސްޓްމެންޓުތައް ސަރުކާރުން ލަފާ ކުރި ގޮތަށް ނުވަނުމުން އިންޑިއާއާއެކު އަލުން ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ސަރުކާރުން ފެށި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ