ކުރީގެ އިގުތިސޯދީ ވަޒީރު އޮނަރަބަލް ފައްޔާޒު އިސްމާއީލް ވިދާޅުވީ ވަރަށް ބޮޑު ތެދެކެވެ. ރައްޔިތުން ބަރުވެރި ކުރުމުމުގެ އެއްވެސް ވިސްނިމެއް މުއިއްޒު ސަރުކާރުގައި ނެތެވެ. ވެރިކަމުގެ ބާރުތައް ޖަމާކޮށް އަމިއްލަ އަތަށް ނެގުން ނޫން ވިސްނުމެއް ރައީސް މުއިއްޒުގެ ނެތެވެ.
ރައީސް މުއިއްޒު ތިން ގަޑިއިރުގެ ރިޔާސީ ބަޔާނެއް އިއްވިއިރު ލަމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުން ބާރުވެރި ކުރުމުގެ ނަންވެސް ނުގެނެއެވެ. ކައުންސިލްތައް ބާރުވެރިކުރުމުގެ ކުޑަވެސް ބަހެއް ވިދާޅެއް ނުވެއެވެ.
ރަށްރަށުގެ ކަންކަން ރަށްރަށުން ނިންމުމާ މެދު އެއްވެެސް ބަހެއް ވިދާޅެއް ނުވެވުނެވެ. ދިވެހިންނަށް ދެވުނު އުންމީދެއް ނެތެވެ. ރައްޔިތުން ބާރުވެރި ކުރުމުގެ ވިސްނުމަކީ ހުދުމުހުތާރު ވެރިން ދަންނަ ކަމެއް ނޫނެވެ.
ރައްޔިތުންގެ ކަންކަން ރައްޔިތުން ނިންމަން ބާރުދޭ ފިކުރަކީ އެމްޑީޕީ ފިކުރެވެ. ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީގެ ކެންޑިޑޭޓޫން ނުކުންނަނީ މައި ސަރުކާރުން ފޭރިގެންފައިވާ ރައްޔިތުންގެ ބާރުވެރިކަން އަލުން އިއާދަކުރުމަށެވެ..
ހުރިހާ ބޭފުޅުން ވެސް ތިލަފަތަށް ވޯޓު ދެއްވައިގެން ނޫނީ ފޭރިގެންފައިވަ ރައްޔިތުންގެ ބާރުވެރިކަން އަނބުރާ އިއާދައެއް ނުކުރެވޭނެއެވެ.
ފޭރިގެންފައިވާ ބާރުތައް އަނބުރާ ލިބޭނީ ތިލަފަތަށް ވޯޓްދީގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ