އޭސީޕީ ޝިފާން މިފަދައިން ވިދާޅުވީ ފުލުހުންގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މި މާރިޗު މަހުގެ 29 ވަނަ ދުވަހު ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދިން ޚާއްޞަ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، މިއަދު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރެވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޕްރޮގްރާމް ނިންމަވާލައްވަމުން އޭސީޕީ ޝިފާން ވިދާޅުވީ، ފުލުހުންގެ އަމާޒަކީ ދުނިޔޭގެ ބޮޑެތި މުއައްސަސާތަކެކޭ އެއްފަދައިން ވަކި މޮޑެލްއެއްގެ ތެރެއިން އިތުބާރާއެކު އަވަސް ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި ފުލުހުން ކުރާ މަސައްކަތްތަކުގައި ރައްޔިތުންގެ އެއްބާރުލުން ކުރިމަގުގައިވެސް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަސްމަންޒުން ދައްކުވައިދެނީ ފުލުހުންގެ ޚިދުމަތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން: އޭސީޕީ ޝިފާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ