އިރާން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުބޮޑުވަމުން އަންނާތީ އޭޭޝިއާގެ ގައުމުތަކުން ހަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ފަށައިފި އެވެ.
ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް ވުރެ މައްޗަށް އުފުލުމަށް ފަހު މިހާރު އުޅެނީ 85 ޑޮލަރާއި 90 ޑޮލަރާ ދެމެދު އެވެ. ހަނގުރާމަ ނިމޭނެ ދުވަހެއް ނޭނގޭތީ ތެލުގެ އަގަށް އަންނަނީ ކުއްލި ބަދަލުތައް އަންނަމުންނެވެ.
އޭޝިއާގެ ގިނަ ގައުމުތަކަށް ތެޔޮ ގަންނަނީ ގަލްފުގެ ގައުމުތަކުންނެވެ. ގިނަ ރިފައިނަރީތައް ހިންގަނީ ވެސް ގަލްފުގެ ގައުމުތަކުން ގެންނަ ތެޔޮ ސާފުކޮށްގެންނެވެ.
ހަރަދު ކުޑަކުރުމަށް ފިޔަވަޅު އެޅި އެއް ގައުމަކީ ފިލިޕީންސް އެވެ. ފިލިޕީންސްގެ ސަރުކާރު އޮފީސްތައް ހަފުތާއަކު ހަތަރު ދުވަހު މަސައްކަތްކުރާ ގޮތަށް ބަދަލުކޮށް، ތެލާއި ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ވަނީ ނިންމާފަ އެވެ.
ޕާކިސްތާނުން ވަނީ ސަރުކާރު މުވައްޒަފުންގެ 50 ޕަސެންޓު ގޭގައި ތިބެގެން މަސައްކަތްކުރުމަށް އަންގާ ފައެވެ. ތައިލެންޑާއި ވިއެޓްނާމުން ވެސް ވަނީ އަމިއްލަ ކުންފުނިތަކަށް މިގޮތަށް އަމަލުކުރުމަށް ބާރުއަޅާފަ އެވެ. އެ ގައުމުން ވަނީ ސަރުކާރު ދަތުރުފަތުރުތަކަށް ދޭ ތެލުގެ މިންވަރު ވެސް 50 ޕަސެންޓުން ދަށްކޮށްފަ އެވެ.
ބަންގްލަދޭޝްއާއި ޕާކިސްތާނުން ވަނީ ހަކަތަ ސަލާމަތްކުރުމަށްޓަކައި ސްކޫލްތަކާއި ޔުނިވާސިޓީތައް ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.
ތައިލެންޑްގެ ސަރުކާރު އޮފީސްތަކުގައި އެއާ ކޮންޑިޝަން 26-27 ޑިގްރީއަށް ބެހެއްޓުމަށާއި، ލިފްޓުގެ ބަދަލުގައި ސިޑި ބޭނުންކުރުމަށް ވަނީ އަންގާފަ އެވެ.
ބަންގްލަދޭޝްއާއި ވިއެޓްނާމްގެ ތެޔޮ ސްޓޭޝަންތަކުން ވަނީ އެއްފަހަރާ ތެޔޮ އެޅޭނެ އެންމެ ގިނަ މިންވަރު ކަނޑައަޅައި، ރޭޝަން ކުރަން ފަށާފަ އެވެ.
ޗައިނާއިން ވަނީ އެ ޤައުމުގެ އެތެރޭގެ ބޭނުންތަކަށް އިސްކަންދިނުމުގެ ގޮތުން ޑީސަލާއި ޕެޓްރޯލް ބޭރުގެ ޤައުމުތަކަށް އެކްސްޕޯޓްކުރުން މެދުކަނޑާލުމަށް އަންގާފަ އެވެ.
ދެކުނު ކޮރެއާއިން ވަނީ އުފެއްދުންތެރިކަމުގެ ދާއިރާއަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި، ގިނަ އަހަރުތަކަކަށްފަހު ފުރަތަމަ ފަހަރަށް ތެލުގެ އަގު ވަކި މިންވަރެއްގައި ހިފެހެއްޓުމުގެ ނިޒާމެއް ގާއިމުކޮށްފަ އެވެ.
މި ފިޔަވަޅުތަކުގެ އިތުރުން، އޭޝިއާގެ ގިނަ ގައުމުތަކަކުން މިހާރު ދަނީ އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމުގެ މަސައްކަތް އަވަސްކުރަމުންނެވެ.
ތެލުގެ އަގުބޮޑުވަމުންދާތީ ހަރަދު ކުޑަކުރަން އޭޝިއާގެ ގައުމުތަކުން ގިނަ ފިޔަވަޅުތަކެއް އަޅަނީ ތެލުގެ އަގުބޮޑުވަމުންދާތީ ހަރަދު ކުޑަކުރަން އޭޝިއާގެ ގައުމުތަކުން ގިނަ ފިޔަވަޅުތަކެއް އަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ