މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިޠުރު ޒަކާތް ބަލައިގަންނަން ފަށާނެކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ.
މިގޮތުން ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮންލައިންކޮށް ފިޠުރު ޒަކާތް ދެއްކޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައެވެ.
ޒަކާތު ހައުސްއިން ބުނީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް އޮންލައިންކޮށް ޒަކާތް ބަލައިގަންނަމުން ދާނެކަމަށެވެ. މިފަހަރު ޒަކާތް ދެއްކުމަށްޓަކައި ޖުމްލަ 7 ޕްލެޓްފޯމެއް ވަނީ ހަމަޖައްސާފައެވެ. އޭގެ ތެރޭގައި ދިރާގު އެޕް، އުރީދޫ އެމް-ފައިސާ، މޯލްޑިވްސް އިސްލާމިކް ބޭންކް، ބޭންކް އޮފް މޯލްޑިވްސް، ފަހިޕޭ، އަވަސް އެޕް އަދި ބަނޑޭރި ޕޭ ހިމެނެއެވެ.
މީގެ ތެރެއިން ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށްވެސް ޒަކާތް ދެއްކޭނެއެވެ.
އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ޚާއްސަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކައުންޓަރުތައް މެދުވެރިކޮށް ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. ރަމަޟާންމަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާތީ، ކައުންޓަރުތަކުން ޒަކާތް ބަލައިގަންނާނީ ތިރީގައިވާ ގަޑިތަކުގައެވެ.
ކައުންޓަރުތަކުން ޒަކާތް ބަލައިގަންނާނީ ތިރީގައިވާ ގަޑިތައް:
ރަށްރަށުގައި ނަޤުދު ފައިސާއިން ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ރަށު ނުވަތަ ސިޓީ ކައުންސިލުން ކަމަށްވެސް ޒަކާތު ހައުސްއިން މަޢުލޫމާތު ދެއެވެ.
މިއަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދުތަކަކީ އާދައިގެ ހަނޑުލުން 12ރ، ތައިލެންޑް ހުދު ހަނޑުލުން 53ރ، ރަތް ހަނޑުލުން 96ރ، ބާސްމަތީ ހަނޑުލުގެ އެކި ބާވަތްތަކުން 77ރ އާއި 136ރ އާ ދެމެދުގެ އަދަދެއް އަދި އާދައިގެ ފުށުން 10ރ އެވެ.
ފިޠުރު ޒަކާތަކީ ހިޖުރައިން 2 ވަނަ އަހަރު ފަރުޟު ކުރެއްވުނު، ރަމަޟާން މަސް ނިމުމާއެކު ޙައްޤުވެރިންނަށް ފޯރުކޮށްދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ.
ތޯމަސް ޓުޗެލް އިންގްލެންޑްގެ އެއްބަސްވުން 2028 އާ ހަމައަށް އާކޮށްފި ޕްރިމިއާ ލީގު: ފުލަމް ބަލިކޮށް ސިޓީން ފަރަގު ކުޑަކޮށްފި ވޭޕް މަނާކޮށް، ދުންފަތުގެ ގާނޫނަށް ގެނައި ބަދަލުން ރައީސް “ޓައިމް” ލިސްޓަށް ރާއްޖެއާއި އީޔޫގެ ގުޅުން ބަދަހިކުރަން އާ މަޝްވަރާތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ